އޮޑިޓް ރިޕޯޓުގެ ތަޙްޤިޤް ނިމެންދެން، ނުފޫޒު ފޯރުވޭ މަޤާމުގައި ހުރި މީހަކު ނަމަ ދުރުކުރަންޖެހޭ: އީވާ

ފޮޓޯ: ރައްޔިތުންެ މަޖިލިސް

ކޮވިޑް އޮޑިޓް ރިޕޯޓްގެ ތަޙްޤިޤް ނިމެންދެން، ނުފޫޒު ފޯރުވޭ މަޤާމުގައި ހުރި މީހަކު ނަމަ މަޤާމުން ދުރުކުރެވެންޖެހޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އިވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރއީވާ މިހެން ވިދާޅުވެފައި ވަނީ ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ޚަރަދުގެ ކޮމްޕްލަޔަންސް އޮޑިޓާގުޅޭ ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ހުޝާމެވެ. މައްސަލައިގައި ބުނެފައިވަނީ، މަޖިލީހުން އެދިގެން ހެދި އޮޑިޓް ރިޕޯޓުތަކުގައި އެ ދެ މިނިސްޓްރީން އޮޅުވާލައި، ދޮގު މައުލޫމާތު ހާމަކޮށްފައިވާތީ، މިހާރުން މިހާރަށް ވެސް ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް އެންގަންޖެހޭކަމަށެވެ. މިމައްލަ މަޖިލީހުން ބަލައިގެންފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ އިވާ ވިދާޅުވީ ތަޙްޤީޤަށް ނުފޫޒު ފޯރުވައި ލިޔެކިޔުން ބަދަލު ކުރެވޭފަ މަޤާމުގައި ހުރިމީހަކު ނަމަ ތަޙޤީޤު އިތުރުން ޝަރީޢަތް ނިމެންދެންވެސް މަޤާމުން ދުރުކުރަންކުރަން ޖެހޭކަމަށެވެ. މަޤާމުން ވަކިކުރިއަސް ޖިނާޢީ ކުށެއް ކޮށްފައި އޮތިއްޔާ ތަހްޤީޤްކޮށް އެކަމަށްވެސް ފިޔަވަޅު އެޅެންޖެހޭނެކަމަށް އީވާ ފާހަގަ ކުރެއްވިއެވެ. މަޤާމުން ވަކިކުރަންޖެހޭ ސަބަބެއްކަމަށް އީވާ ވިދާޅުވީ ފިނެނޭންސަށް ފޮނުވައިފައިވާ ލިޔެކިޔުންތައްވެސް އޮޅުވައިލައިފައިވާތީއާއި ރައްޔިތުންގެ މަޖިލީހާއި އަދިރައްޔިތުނަށް ވެސް ހާމަކުރި ލިޔެކިތުންތައް އޮޅުވާލައިފައިވާތީކަމަށެވެ. މަޤާމުގައި ދެމިހުރިނަމަ އަދިވެސް ލިޔެކުޔުން އޮޅުވާލާފާނެތީކަމަށް ވިދާޅުވިއެވެ.ހެލްތް މިނިސްޓަރ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ޚާއްޞަ މައްސަލައެއްގެ ގޮތުގައި ބެލެންޖެހޭނެކަމަށް ވެސް އީވާ ފާހަގަ ކުރެއްވިއެވެ.

އޮޑީޓް ރިޕޯރޓްގައި ވަނީ ޖޫންމަހުގެ ނިޔަލަށް ހަދައިފައިވާ ޕޭމަންޓްތަކުގައި ހަދައިފައި ގޯސްތައްކަމާއި އެނޫން ގޮތްގޮތުން ހިންގާފައިވާ ކަންކަންވެސް ތަޙްޤީޤްކޮށް ހޯދަންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. ކޮވިޑްގެ ޚަރަދުތަކާ ބެހެ އޮޑިޓެއް ހަދަންޖެހޭ ކަމަށް އިޞްލާޙު ހުށަހެޅުއްވީ އެފަދަ ގޮތަކަށް އޮޑިޓް ރިޕޯރޓް އަންނާނެކަމަށް ބައްލަވައިގެން ނޫން ކަމަށާއި އާއްމުކޮށް ކާރިސާތަކާ ގުޅިގެން ބޮޑެތި ޚިޔާނާތްތައް ހިންގާފައިވާ ކަމަށް ސުނާމީކާރީސާއަށްފަހު ރާއްޖޭގައިވެސް ތަޖްރިބާ ކޮށްފައިވާތީކަމަށެވެ.

ކުރިން ދެ އޮޑިޓަރ ޖެނެރަލެއްގެ އޮޑިޓް ރިޕޯރޓާ ގުޅިގެން މަޤާމުން ވަކި ކޮށްފައި ވީނަމަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އެވެމެ އޮޑިތަރ ޖެނެރަލް ތެދުމަޢުލޫމާތާއިއެކު ތެދު ރިޕޯރޓް ނެރުއްވާ ހިނދަކު ތަރުހިބު ދެއްވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އިވާ ވިދާޅުވިއެވެ. މިސަރުކާރުންވެސް ވައްކަމެއް ކިރާނަމަ އެކަމުގެ  ވާހަކަ ދައްކަވާނެ ކަމަށާއި އެކަން ފޮރުވައިގެން ނުތިއްބަވާނެކަމަށް ވެސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.