ރާއްޖެ ދަރަނި ވެރިވެފައިވާ މިންވަރު އޮޅުން ނުފިލާތީ ހައިރާންވޭ: ކުރީގެ ފިނޭންސް މިނިސްޓަރ

Photo credit: maldivestimes.com

ރާއްޖެ ދަރަނި ވެރިވެފައިވާ މިންވަރު އޮޅުން ނުފިލާތީ ހައިރާންވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމަށް ޙާޒިރުވެ ދެއްކެވި ވާހަކަފުޅުގައެވެ.

ކުރީގެ ފިނޭސް މިނިސްޓަރ މުނައްވަރު  ވިދާޅުވީ ސަރުކާރު ބަދަލުވީއިރު އެމަނިކުފާނު ފިނޭންސް މިނިސްޓްރީގައި ހުރި މަޢުލޫމާތު ކިހިލިޖަހައިގެން ނުގެންދަވާކަމަށެވެ. ކުރީގެ ސަރުކާރުން ނަގައިފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެންޓީއަކާއި އަދި ވިއްކާފައިވާ ބޮންޑެއް ނަމަވެސް ވިއްކަވައިފައި ވާނީ ޤާނޫނީ އިޖުރާތުތަކާ އެއް ގޮތް ވާގޮތުގެ މަތިން ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ކުރައްވައިފައި ވާނީ ބަންޑާރަ ނާއިބްގެ ލަފާގެ މަތިން ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެހުރިހާ މަޢުލޫމާތެއް ފިނޭން މިނިސްޓްރީގައި ހުންނާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަރަނިތައް މެނޭޖު ކުރުމަށްޓަކައި ހުންނާނީ ވަރަށް ރަނގަޅަށް އިންތިޒާމުތައް ހަމަޖެހި އެދަރަނިތައް ވަރަށް ރަނގަޅަށް މެނޭޖުކުރަމުން ގެންގޮސްފައިވާނެކަމަށް ކުރީގެ މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ވަޒީރު ކަމުގައި އާ ވެބްސައިޓެއް ފަރުމާކޮށް އެވެބްސައިޓްގައި ދައިލަތުގެ ދަރަންޏާއި ސޮވަރިން ގެރެންޓީއާ ބެހޭ މަޢުލޫމާތު ހިމަނައިފައިވާނެކަމަށް ވެސް ވިދާޅުވިއެވެ. ސޮވެރިން ގެރެންޓީ ފުރަތަމަ ދެއްވަން ފެށީވެސް މިދިޔަ ސަރުކާރުން ނޫންކަން ފާހަގަ ކުރައްވައި ކުރީގެ މިނިސްޓަރ މުނައްވަރު ވިދާޅުވީ ކުރިން އެކުލަވާލައިފައިވާ އުޞޫލުތައް މުރާޖާކުރައްވައި އަލުން އެކުލަވާލައި ސާއިޢް ކުރެއްވި ވެސް އެމަނިކުފާނުގެ މާލީ ވަޒީރު ކަމުގައި ކަމަށެވެ. އަދި ޢަމަލު ކުރައްވަމުން ގެންދެވީ ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ މުޅި ކޮމެޓީގެ ބައްދަލުވުމުގައި ޗައިނާއަށް އަށް ރާއްޖެ ދަރުވާލައިފައިވަނީ ކީއްވެގެންތޯއާއި ޗައިނާއަށް ދަރުވާލީމާ ޗައިނާ ރާއްޖެ ޙިޞާރު ކުރަން އައުމުން ދެން ހަދާނެ ގޮތަކާމެދު އޭރު ގެންގުޅުއްވީ ކޮން ވިސްނުމެއްތޯ ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ ތަކުރާރުކޮށް ވަނީ ސުވާލު ކުރައްވައިފައެވެ. ނަމަވެސް ކުރީގެ ފިނޭންސް މިނިސްޓަރ ސިދާ އެސުވާލަކަށް ވަކި ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.

ދަރަންޏަކީ ބަޖެޓްގެ ޚަރަދާއި ލިބޭ އާމްދަނީގެ ތަފާތު ކަމަށް ވެސް ކުރީގެ މިނިސްޓަރ މުނައްވަރު ފާހަގަ ކުރެއްވިއެވެ. ކޮންމެ އަހަރަކުވެސް ޚަރަދު ބޮޑު ވަމުންދާކަމަށްވާނަމަ، ދައުލަތުގެ ޚަރަދު ދާނީ ބޮޑު ވަމުން އިތުރުވަމުންކަން ވެސް އޭނާ ފާހަގަ ކުރެއެވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.