ވޯޓަށް އެހުން ފިޔަވައި އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި

ވޯޓަށް އެހުން ފިޔަވައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ މެދުކަނޑާލައިފިއެވެ. މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާއެއް މެދު ކަނޑާލި ފުރަތަމަ ފަހަރެވެ.

މިއަދުގެ ޖަލްސާ ދެން ފަށްޓަވަނީ ވޯޓަށް އަހަން ހުރިމައްސަލަ ތައް ވޯޓަށް އެހުމަށް މިއަދުގެ 1:30 ގައެވެ. ޖަލްސާ މެދުކަނޑާލައިފައިވާ ވަގުތު ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގެ ރައީސް މިއަދު ޖަލްސާ ފަށްޓަވަމުންވެސް ވިދާޅުވެފައި ވަނީ މަޖިލީހުގެ ތަޅުމުގައި މިހާރު ކުރާނެ މާ ގިނަ މަސައްކަތްތަކެއް ނެތްކަމަށެވެ. ގިނަ މަސައްކަތްތައް ހުރީ މަޖިލީހުގެ ކޮމެޓީތަކުގައި ކަމަށެވެ. އެހެންކަމުން ރޭގަނޑާއެކު މަސައްކަތް ކުރައްވައިގެން ވިއަސް ކޮމެޓީތަކުގައި ހުރި މަސައްކަތް މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމުމަށް އެދި ވަޑައިގެންނެވިއެވެ.

މަޖިލީސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އެންމެ ފަހު ބުރާސްފަތި ދުވަހު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ދައުރަށް ފަހު ވެސް މަޖިލީސް ޗުއްޓީއަކަށް ނުދެއެވެ.

ލޯންތަކާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ރައީސް، ތަޅުމަށް ހުށަހެޅުއްވި މައްސަލަ އަކީ ތަޅުމުގައި ކުރާނެ ކަމެއް ނެތިގެން ހުށަހެޅުއްވި މައްސަލައެއްތޯ އިދިކޮޅު، ނައިފަރުދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމު ވަނީ ސުވާލު އުފައްދަވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.