ދިވެހިން ވަނީ މުޅި ދުނިޔެއަށް އެއްބައިވަންތަކަމުގެ މިސާލެއް ދައްކާފައި: މޯދީ

މީގެ ހައެއްކަ މަސް ދުވަސް ކުރީން ދިވެހިން ވަނީ މުޅި ދުނިޔެއަށް އާދަޔާ ޚިލާފު އެއްބައިވަންތަުގެ މިސާލެއް ދައްކާފައި ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި އިންތިޚާބުގައި ދިވެހިން ދެއްކީ އެންމެ ފަހުން ކާމިޔާބީއަކީ ރައްޔިތުންނަށް ލިބޭނޭ އެއްޗެއް ކަމުެ ހެއްކެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވި ގޮތުގައި ދިވެހިންގެ ކާމިޔާބީއަށްޓަކައި އެންމެ ބޮޑަށް އުފާ ކުރަނީ ރާއްޖެއަށް އެންމެ ބޮޑަށް ހެޔޮ އެދޭ، ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާ އިންޑިއާއެވެ.

އަދި އިންޑިއާ އަބަދުވެސް ރާްޖެއާއެކު އޮންނާނޭ ކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.