އިތުރު ހަ މީހުންނާއެކު މިއަދު ބަލިޖެހުނު މީހުންގެ އަދަދު ނަވާރައަށް

އިތުރު ހަ މީހަކަށް ކޯވިޑް ޖެހި މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު ނަވާރައަށް އަރައިފިއެވެ. އެންއީއޯސީގެ ފަރާތުން ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު އިރު އޮއްސެން އުޅެނިކޮށް ފެނުނު 13 ކޭހުގެ އިތުރުން ޕްރެސްއަށް ތައްޔާރުވަމުން ދިޔައިރު އިތުރު ހަ މީހަކު ޕޮޒޓިވް ވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރެވުނު އެންމެ ބޮޑު ކްލަސްޓަރ އަކީ އެމްއެންޑީ ކްލަސްޓަރެވެ. މިއީ އެމް.އެން.ޑީ.އެފް ކްލަސްޓަރެވެ.  މި ކްލަސްޓަރުގައި 14 އެމްއެންޑީއެފްގެ ސާދަ މީހަކު ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު ބަލިޖެހުނު ފުރަތަމަ 13 މީހުންނަކީ ދިވެހިންނެވެ. މިރޭ ބަލިޖެހުނު މީހުންގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.