ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 89 މީހުން - އަދިވެސް ގިނައީ ދިވެހިން

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 89 މީހުންނެވެ. އެއީ 58 ދިވެހިންނާއި 19 ބަނގްލާދޭޝީންނާއި 6 އިންޑިއަނުންނާއި 2 ސްރީލަންކަނުންނާއި 2 އިނގިރޭސިންނާއި އެމެރިކާ މީހަކާއި މިސުރު މީހެކެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހި ފަސޭހަ ނުވެ ތިބީ 1996 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4769 އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1470 މީހުންނެވެ. ހަސްފަތާލުގައި ބައިތިއްބައިގެން ފަރުވާ ދެނީ 129 މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.