މިއަދު ކޯވިޑް ޖެހުނު 153 މީހުންގެ ތެރޭގައި 116 ދިވެހިން

މިއަދުގެ އިރު އޮއްސުމާ ހަމައަށް 153 މީހަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. މި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހީންނެވެ. ދިވެހީންގެ 16 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މީގެ އިތުރަށް ބަނގްލަދޭޗްގެ 22 މީހަކާއި، އިންޑިއާގެ 11 މީހަކާއި، އިންޑޮނޭޝިއާ މީހަކާއި، މިސްރު މީހަކާއި, ކެންޔާ މީހަކާއި އަދި އިނގިރޭސިއަކުވެސް މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެއެވެ. 

މިއަދު ބަލިޖެހުނު 153 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 148 މީހަކަށެވެ. އަދި އަތޮޅުތެރެއިން 5 މީހަކަށް ބަލިޖެހިފައިވެއެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިޙާރުވަނީ 4446އަށް އަރާފައެވެ. އެކްޓީވް ކޭސްތަކުގެ އަދަދަކީ 1719އެވެ. ހޮސްޕިޓަލުގައި 105 މީހަކަށް ފަރުވާ ދެމުންދާއިރު މިހާތަނަށް މި ބަލީގައި ރާއްޖެއިން 19 މީހަކު ވަނީ ނިޔާވެފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ހައި ރިސްކު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުން ދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިރެއިން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކޮންމެ ރެއަކު 9: 30 ގައި ޓޭކްއަވޭ އާއި ވިޔަފާރިތައް ބަންދުކުރުމާއި، ރޭގަނޑު ދިހައަކުން ފެށިގެން ފަތިހު ފަހަކާ ދެމެދު ބޭރުގައި އުޅުން މަނާވާނެއެވެ. މީގެ އިތުރަށް ފަސް މީހުންނަށްވުރެ ގިނަ މީހުން ތަންތަނަށް އެއްވުމާއި، އޮފީސްތަކަށް ނުކުމު މަސައްކަތް ކުރަންޖެހޭ މީހުންގެ އަދަދު ފަންސާސް އިން ސައްތައަށް މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.