ކޮވިޑާ ގުޅިގެން 2،507 މީހުންނަށް 10.1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފި   

ކޮވިޑ 19 އާ ގުޅިގެން 2،507 މީހުންނަށް 10.1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި އެހީތެރިކަމަކީ މިމަހު ތިންވަނަ ދުވަހުގެ ނިޔަލަށް ފޯރުކޯށްދެއްވައިފައިވާ މާލީ އެހީތެރިކަން ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ 1،450 މީހުންނަށް ޖޫންމަހުގެ ނިޔަލަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.  

ކޯވިޑް19 އާ ގުޅިގެން ޢާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ މާލީ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު ފަސް ހާސް ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑާ ގުޅިގެން ވިޔަފާރި ތަކާއި އާއްމުންރައްޔިތުންނަށް ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.