ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން ބަންދުކުރި މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ފޮޓޯ: ޕޮލިސް މީޑިއާ

ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން ބަންދުކުރި މީހުން ފުލުހުންގެ ބަންދުން، ރޭ ދޫކޮށްލައި އިމިޤްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވެއްޖެއެވެ.

ބިދޭސީން އިމިގްރޭޝަނާ ޙަވާލުކުރެއްވި ނަމަވެސް އެމައްސަލަ ތަޙްޤީޤްކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވިއެވެ. ބޮޑުފިނޮޅު ހަމަނުހުމުގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހު އެރަށުގައި މަސައްކަތްކުރާ 15 ދިވެއްސަކު ރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި ބިދޭސީންތަކެއް އެކަމަށް ހުރަސް އެޅުމުންކަމަށް ފުލުހުން ކުރިން ވަނީ ހާމަކޮށްފައެވެ. އެރަށުގައި އެވަގުތު 203 ބިދޭސީއަކު މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.

ރިޒްގެ ލޯޔަރުން ވިދާޅުވަނީ ބިދޭސީންނަށް ތަފާތު ގޮތްގޮތުންން ބިރުދައްކައި އެމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ޢަމަލުތަކެއް ސީލް ޑްމޯލްޑިވްސް ފަރާތުން އެރަށުގައި އިސްކޮށް ހުރި ފަރާތުން ހިންގައިފައވާ ކަމަށެވެ. އަދި ފުލުހުން ހައްޔަރު ކުރި މީހުންނަކީ ހައްޔަރުކޮށްފައި ތިބެން ޖެހޭނެ ބައެއް ނޫންކަމަށެވެ.

ބޮޑުފިނޮޅުގައި ބާކީ ތިބި ބިދޭސީންގެ ކެއިންބުއިމަށް ހުރަސްއަޅައި ފެނާއި ކަރަންޓު ކަނޑާލުމާ ގުޅިގެން، ފުލުހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް ރައްކާތެރި މާހައުލަކަށް، އެމީހުންވަނީ ބަދަލުކޮށްފައެވެ. ބޮޑުފިނޮޅުގައި ބާކީ ތިބި ބިދޭސީންގެ ކެއިންބުއިމަށް ހުރަސްއަޅައި ފެނާއި ކަރަންޓު ކަނޑާލި މައްސަލަ ތަޙްޤީޤް ކުރުމަށް ފުލުހުންނާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ރިޒްގެ ޤާނޫނީ ކަންކަމާ ހަވާލުވެފައިވާ ލޯ ކްރާފަޓް އިން ވަނީ ގޮވާލައިފައެވެ.

ބޮޑުފިނޮޅުން ބިދޭސީންތަކެއް ހައްޔަރުކޮށްފައި ވަނީ އެމީހުންލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މުސާރަ ނުދީ ހަތް މަސް ދުވަސް ވުމުން އެކަމާ އިހްތިޖާޖުކޮށް ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ބޮޑުފިނޮޅަކީ ސީލްޑް މޯލްޑިވސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަށެކެވެ. އެރަށުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ށ. މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާގެ "ރިޒް" ކުންފުންޏާއެވެ.   

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.