މަސައްކަތްތެރީންނާއެކު ވެވިފައިވާ އެއްބަސްވުމަށް ވިޔަފާރިވެރިން އިހްތިރާމްކުރަން ޖެހޭ: މެންބަރު ޝަރީފް

މަސައްކަތްތެރީންނާއެކު ވެވިފައިވާ އެއްބަސްވުމަށް އިހްތިރާމްކޮށް އަދާކުރަންޖެހޭ ޒިއްމާ ވިޔަފާރިވެރިން އަދާކުރަންޖެހޭނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވެ ޓުވީޓުކުރެއްވީ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންތަކަކަށް މުސާރަ ނުދީ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާތީ ބުރާސްފަތި ދުވަހު އެރަށުގައި އެމީހުން އިހްތިޖާޖުކުރި މައްސަލައާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ "ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބައިވެރިވުން ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި ނުހަނު ބޮޑު" ކަމަށެވެ. އެހެންކަމުން އެމީހުންނާއެކު ވެވިފައިވާ އެއްބަސްވުންތަކަށް އިހްތިރާމްކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. 

"މިއީ ގައުމީ މަސްލަހަތާ، އަމަން އަމާންކަމާ ގުޅިފައި އޮތް ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ބޮޑުފުޅަދޫގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއިން އެރަށަށް އަރާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުންވަނީ ބިދޭސީންނާ މަޝްވަރާކޮށް އެ މީހުން ރަހީނުކުރި 12 ދިވެއްސަކު ސަލާމަތްކޮށްފައެވެ. ބިދޭސީންވަނީ ރަށުގެ ބައެއް ތަކެއްޗާއި ތަންތަނަށް ގެއްލުންދީފައެވެ. ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސީރިއަސް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ތަހުގީގު ޓީމުތަކުން އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.