ކޯވިޑް-19: 154 މީހުން ޕޮޒިޓިވް ވެއްޖެ - 134 ދިވެހިން!

ރާއްޖެއިން މިއަދު 154 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި އަދަދުގެ ތެރެއިން 134 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރަށް ހިމެނެނީ ބަނގްލާދޭޝްގެ 30 މީހުންނާއި އިންޑިއާ މީހަކާއި ސްރީލަންކާ މީހެކެވެ. 154 މީހުންގެ ތެރެއިން 2 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މި އަދަދާއެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމުލަ އަދަދަކީ 3949 މީހުންނެވެ. މީގެ ތެރެއިން ބަލިން މުޅީން ފަސޭހަ ވެފައި ވަނީ 2613 މީހުންނެވެ. މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހަސްފަތާލުގައި ފަރުވާދޭ މީހުންގެ އަދަދަކީ 72 އެވެ. 815 މީހުން ތިބީ އެކި ފެސިލިޓީތަކުގައެވެ.

ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައި ވަނީ 16 މީހުންނެވެ.

ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު މި ވަގުތު ބަލި އޮތީ 10 ރެށެއްގައެވެ. އެއީ ހއ. ކެލަޔާއި އިހަވަންދުއާއި، ބ. އޭދަފުށްޓާއި ކަމަދުއާއި ހިތާދުއާއި އެ އަތޮޅުިގެ ރިސޯޓެއް ކަމުގައިވާ ސީސައިޑް ފިނޮޅާއި، ޅ. ހިންނަވަރާއި ކުރެންދޫއާއި، ކ. މާފުށްޓާއި، ވ. ފުލިދުއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރު ވަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ދެވަނަ ފުރަބަންދަކަށް ނުގޮސް އަދި ހަރުކަށި ފިޔަވަޅުތައް ވީހައިވެސް މަދުކޮށްގެން ބަލި ކޮންޓްރޯލު ކުރެވޭތޯ ބަލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.