ފާއިތުވެދިޔަ މަހުގެ ތެރޭގައި ކޯވިޑް-19 ރާއްޖެއަށް ފެތުރުން އިތުރުވެގެން ގޮސްފައިވާތީ ބަލި ކޮންޓްރޯލު ކުރުމަށްޓަކައި އަޅާނޭ ފިޔަވަޅުތަކަކާ ބެހޭ ގޮތުން ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.
މިދިޔަ މަހު ވަނީ އާދަޔާ ޚިލާފަށް ބަލި އިތުރު ވެގެން ގޮސްފައެވެ. އިއްޔެ އެކަނިވެސް 74 މީހުން ޕޮޒިޓިވްވިއެވެ. ހަތް ދުވަހުގެ ތެރޭގައި ފަސް ސަތޭއަށްވުރެ ގިނަ މީހުން ޕޮޒިޓިވްވުން ވެގެން ދިޔައީ އެޗްޕީއޭ ކަންބޮޑުވާން ޖެހުނު ކަމަކަށެވެ. އިތުރު ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ މިއަދުން ފެށީގެން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައެވެ. މާސްކު ނާޅާ މީސްމީހުން ޖުރުމާނާކުރާ ގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.
ސިއްހީ ދާއިރާގެ މާހިރުން ލަފާ ދެނީ ބޭރުގައި އުޅޭއިރު މާސްކު އަޅާށާއި ގައިދުރުކަން ބަހައްޓާށެވެ. އެކަމަކު ބައެއް ފަހަރަށް ފެންނަ މަންޒަރަކީ އެފަދަ އެއްވެސް އިރުޝާދަކަށް އަމަލު ނުކޮށް އުޅޭ ތަނެވެ. ހެލްތު މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ މިހާރުވެސް މަސައްކަތް ކުރައްވަނީ ގިން ކަންތައްތަކެއް މަޖުބޫރު ނުކޮށް އުސޫލުގެ ތެރެއިން ރަނގަޅަށް ބަލި ކޮންޓްރޯލު ކުރެވޭތޯ ކަމުގައެވެ.
Today's HEOC discussions focussed on managing cases with the increase in infections, operational response at Atolls and further containment measures.@HPA_MV @ameenex pic.twitter.com/Am9cmnfvvj
— Ministry of Health (@MoHmv) August 1, 2020