ކައްކައި ކައިބޮއެ އުޅެވޭ ގޮތަށް ބިދޭސީން ދިރިއުޅޭ ތަންތަނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެނީ 

ކައްކައި ކައިބޮއެ އުޅެވޭ ގޮތަށް ބިދޭސީން ދިރިއުޅޭ ތަންތަނަށް ކާޑްގެ ބާވަތައް ފޯރިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެންއީއޯސީ) އިން ހާމަކޮށްފިއެވެ. 

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ  ތަރުޖަނާމު މަބްރޫކް ޢަބްދުލް ޢަޒީރު ވިދާޅުވީ މިކަން ކުރިއަށް ގެންދަވަނީ ނާއިބް ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ސޯޝަލް ކައުންސިލުން ކަމަށެވެ.

މަބްރޫކް  ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިހާތަނަށް 124 މީހަކަށް ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް ހަމަޖައްސައި ދެއްވައިފައިވާކަމަށެވެ. 

އެމީހުންގެ ތެރޭގައި ރިސޯޓްތަކުން އައިސް އުޅެވޭނެ ގޮތެއް ނެތް މީހުންނާއި ޖަލުން ދޫކޮށްލި މީހުންނާއި ކުލި ނުދެއްކިގެން އުޅޭ ތަނުން ނެރެލައިފައިވާ މީހުންނާއި ބޭސް ފަރުވާ އަށް މާލެއައިސް ތިބި ރަށްރަށުގެ މީހުންނާއި ކުރިންވެސް މަގުމަތިވެފައިވާ މީހުންނާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ 60 މީހަކަށް ކާބޯތަކެތިވެސް ފޯރުކޮށް ދެއްވައިފައިވާކަމަށް ވިދާޅުވިއެވެ. 

ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެއްވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސާފުތާހިރުކަމަށް ބޭނުންވާ ތެކެތި ހިމެނެއެވެ. މީގެ އިތުރުން އަންނައުނުގެ ދަތިކަން ފޯރާފައިވާ މީހުންނަށް އަންނައުނުވެސް ހޯދައިދީފައިވާކަމަށް ވެސް ވިދާޅުވިއެވެ. 

ރޯދަމަހު ދިމާވާނެ މިފަދަ މައްސަލަތައް ހައްލު ކޮށްދެއްވުމަސް ސޯޝަލް ކައުންސިލުން މަސައްކަތްކުރައްވާނެކަމަށް ވެސް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.


ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.