މިއަދު ކޯވިޑް ރޯގާ ޖެހުނީ 61 މީހުންނަށް - ފުރަބަންދުކުރުމުގެ ވިސްނުމެއް ނެތް

މިއަދުގެ ދިވެހިރާއްޖެއިން ކޯވިޑް-19 ރޯގާ ޖެހުނީ 61 މީހުންނަށެވެ. އެއީ 44 ދިވެހިންނާއި 15 ބަނގްލަދޭޝީންނައި 2 އިންޑިއަނުންނަށެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ރޯގާ ޖެހުނު މީހުންގެ ޢަދަދަކީ 3567 އެވެ. އޭގެ ތެރެއިން 2554 މީހުން ވަނީ ބަލިން މުޅީން ފަސޭހަވެފައެވެ. މިވަގުތު ފަސޭހަނުވެ ތިބި މީހުންގެ އަދަދަކީ 983 އެވެ. ރޯގާގައި ދިވެހިރާއްޖެއިން މަރުވީ 15 މީހުންނެވެ.

ހެލްތު މިނިސްޓަރި އަމީން ވިދާޅުވި ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މާލެ ފުރަބަންދުކުރުމުގެ ވިސްނުމެއް އަދިއެއް ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.