އަމީތާބް ބައްޗަން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މުމްބައިގެ ނާނާވަތީ ހޮސްޕިޓަލުގައި ބާއްވައިފިއެވެ. މި ޚަބަރު އާއްމު ވެގެން ދިޔައީ އަމީތާބް ކުރި ޓުވީޓަކުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާގެ މީހުންނާއި ސްޓާފުންވެސް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

އަމީތާބް ހޮސްޕިޓަލުގައި ބޭއްވުމާއެކު ސިޔާސީ ލީޑަރުންނާއި ފިލްމީ ތަރިން ގެންދަނީ ހެޔޮއެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ.

އަމީތާބް ހޮސްޕިޓަލުގައި ބޭއްވީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.