އާމިރް ޚާން 'ކޯން ބަނޭގާ ކްރޯރ ޕަތީ'ގެ ޚާއްޞަ އެޕިސޯޑެއްގައި ބައިވެރިވަނީ

'ކޯނބޮލީވުޑްގައި 'ޕަރފެކްޝަނިސްޓް'ގެ ނަމުން މަޝްހޫރު ތަރި އާމިރް ޚާން ވަރުގަދަ ފިލްމެއް އަނެއްކާވެސް ސިނަމާގައި އަޅުވަން ތައްޔާރުވަނީ އެވެ. އާމިރް ޚާން އަކީ އަބަދުވެސް ތަފާތު އަދި އާދަޔާ ޚިލާފަށް މޮޅު ފިލްމު އުފައްދާ އަދި ކުޅޭ ތަރިއެކެވެ. ކުރިއަށް އޮތް ފިލްމަކީ ވެސް ބޮޑެތި ޚަރަދުތަކެއް ކޮށްގެން އުފައްދާ ތަފާތު ފިލްމެކެވެ. މި ފިލްމު ތަފާތުވާ އަނެއް ސަބަބަކީ ފިލްމުގައި ބޮލީވުޑްގެ މެގަ-ސްޓަރ އަމީތާބް ބައްޗަން ވެސް ބައިވެރިވެއެވެ.

އާމިރް އާއި އަމީތާބް މިވަނީ މިހާރު ސޮނީ ޓީވީ އިން ކުރިއަށްދާ 'ކޯން ބަނޭގާ ކްރޯރ ޕަތީ' ގެ 10ވަނަ ސީޒަންގެ ޚާއްޞަ އެޕިސޯޑެއް ޝޫޓް ކޮށްފިއެވެ. އާމިރްވަނީ ޝޫޓިން އަށް ފަހު އަމީތަބް އާއެކު ނަގާފައިވާ ފޮޓޯ އެއް ސޯޝަލްމީޑިއާގައި ޝެއަރކޮށްފައެވެ. އާމިރްގެ ޕޯސްޓަށްފަހު މިއ އެޕިސޯޑަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ. އާމިރް އަމީތާބްގެ ކިބައިން އެދުނީ ކޮން ކަންކަމަކަށްތޯ ބަލައިލާން އޭނާއަށް ތާއީދު ކުރާ މީހުން ތިބޭނީ ކެތް މަދުވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.