ރޭޕްކުރި ބިދޭސީ މީހާޔާ ގުޅިގެން ފަތުރަނީ މުޅީން ސައްހަ ޚަބަރެއް ނޫން: ފުލުހުން

މި ހިނގާ ޖޫންމަހުގެ 25 ވަނަ ދުވަހުރޭ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހި ދެމީހަކު ވެގެން ބިދޭސީއަންހެނަކު ރޭޕްކުރި ކަމަށް މީޑިއާތަކުގައި ފަތުރާ ޚަބަރަކީ މުޅީން ސައްހަ ޚަބަރެއް ކަމަށް ސާބިތުނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

"މެންދުރު" ނަމަކަށް ކިޔާ ނޫހެއްގައި ކެންޔާގެ ކުއްޖަކު އެނޫހަށް ދިން ކަމަށް ބުނާ މައުލޫމާތުތަކެއް ވަނީ ޝާއިއުކޮށްފައެވެ. އެ ލިޔުމުގައިވާ ގޮތުގައި އެކުއްޖާ ހުޅުމާލޭ ފަޅު ތެތޭގައި އޮތް ސަފާރީއަށް ދިޔައީ ޕާޓީ ކުރާށެވެ. ރާބޮއިގެން ޕާޓީ ކުރުމަކީ އޭނާގެ ރަށުގައި އާއްމު ކަމަކަށް ވުމާއެކު އެއީ ނުބައި ކަމެއް ނުބަލާތީ ކަމަށްވެސް އެ ކުއްޖާޔާ ހަވާލާދީ ނޫހުގައި ޖަހައިފައި ވެއެވެ.

ޕާޓީ ބާއްވަން ހަމަޖެހިފައި އޮތީ 25 ޖޫން ދުވަހުގެ ރޭ 10 އިން މެންދަމު 1 ޖަހަންދެނެވެ. ޕާޓީ ބޭއްވުމުގެ ތެރޭގައި ދިވެހިންގެ ދެމީހަކު މަސްތުވެގެން ތިބެ އޭނާ ރޭޕް ކުރިކަމަށް އެ ލިޔުމުގައި ހާމަކޮށްފައިވެއެވެ.

މި ޚަބަރު ހޫނު ވެގެން ދިޔައީ ކުށުގެ ވެށިން ފުލުހުން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލުމާ ގުޅިގެންނެވެ. އެ ދެމީހުން ދޫކޮށްލީމާ ނޫސްވެރިން ބައިވެރިކޮށްގެން ފުލުހުން ހިންގާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންނަށް އެތައް ސުވާލެއް ކުރިމަތި ކުރުވިއެވެ. ގިނަ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއެވެ. އަދި ޖަވާބުދިން ސުވާލުތަކަށްވެސް ޖަވާބު ދީފައި ވަނީ ވަރަށް ލަހުންނެވެ.

ފުލުހުން ދިން އެއް ޖަވާބެއްގެ ގޮތުގައި އެ ކުއްޖާ ރޭޕް ނުކުރާ ކަމަށާއި ޖިންސީ ގޯނާ ކުރީ ކަމަށް ބުނާ ޖަވާބެއް ހިމެނެއެވެ.

މި ކުއްޖާގެ ރޭޕްގެ މައްސަލަ ފެންމަތިވުމާއެކު މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ދިވްހިންގެ ތެރެއިން އެކަކީ ރައްޔިތުންގެމަޖިލީހުގެ މެންބަރެއްގެ ފިރިއެއްކަމަށް ސޯޝަލް މީޑިއާގައި ކިޔަން ފެށިއެވެ. އެވާހަކަ ފުލުހުންނާ ނޫސްވެރިން ސުވާލު ކުރީމާ ޖަވާބެއް ނުދެއެވެ. އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަކަށްވެސް ނުބުނެއެވެ.

"މެންދުރު" ގައި ޖަހާފައިވާ ލިޔުމުގައި ވަނީ ކަންތައް ހިނގައިދިޔަ ގޮތް ކަމަށް އެ ނޫހުން ބުނެއެވެ. އަދި އެ ކުއްޖާ ދިން މައުލޫމާތު އަކުރުން އަކުރަށް ގެނެސްދީފައިވާ ކަމަށްވެސް ބުނެއެވެ. އެކަމަކު ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ނޫހަށް މައުލޫމާތު ނުދޭ ކަމަށް އެ ކުއްޖާ ބުނާ ކަމަށެވެ. އަދިޮ ނޫހުގައި އޮތް ލިޔުމާއި އޭނާގެ ފޮޓޯ ނަގައިދޭން ފުލުހުންގެ ކިބައިން އެދިފައިވެސް ވާ ކަމަށެވެ.

"މެންދުރު" ގައި ބުނެފައިވާ ގޮތުގައި ދެ ދިވެހިން ހައްޔަރު ކުރުމަށް ފަހު އެ މައްސަލަ ބަލައި އަޅަންވާ ފިޔަވަޅު އަޅާނޭ ކަމުގެ ޔަގީންކަން ކެންޔާ ކުއްޖާއަށް ފުލުހުން ދިނެވެ. އެކަމަކު ފަހުން ކޮންމެވެސް ތަނަތަކުން ފޯނެއް އައިސްގެން އެކަން ހުއްޓި ފުލުހުންގެ ރާގު ބަދަލުވީއެވެ. އެ ދެ ދިވެހިންނަކީ ސަރުކާރުގައި ބާރުގަދަ ޝާހީ އާއިލާއާ ގުޅުން އޮންނަ ދެމީހުން ކަމަށާއި އެ ދެމީހުން ދޫކޮށްލަން ވަރަށް މަތިން ފީނު އަންނަ ކަމަށް ބުނި ކަމަށް ނޫހުގައި އެ ކުއްޖާޔާ ހަވާލާދީ ބުނެފައި ވެއެވެ. އަދި އެ ކުއްޖާ އެރޭ ގެއަށް ދިޔަ ފަހުން ނުދަންނަ ނަންބަރަކުން ގުޅާފައި ބިރު ދެއްކި ކަމަށާއި މއަްަސަލަ ދޫކޮށްލީމާ ބައިލައްކަ ޑޮލަރު ދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ލިޔެފައި ވެއެވެ.

މި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ބަޔާނުގައިވަނީ އެ ކެންޔާ ކުއްޖާ ފުލުހަށް ހާޒިރުކޮށްގެން ދެވަނަ ފަހަރު ނޫހުގައިވާ ވާހަކަތަކާ މެދު ސުވާލު ކުރި ކަމަށެވެ. އެ ކުއްޖާ ފުލުހަށް މައުލޫމާދު ދީފައި ވަނީ އެއީ އޭނާ ދިން ބަޔާނެއް ނޫން ކަމުގައެވެ. ފުލުހުންނަށް ފުރަތަމަ އެ ކުއްޖާ ދިން ބަޔާނުގައިވެސް ބުނެފައިވަނީ މަސްތުވެގެން ތިބެ އޭނާގެ ގައިގައި އަތްލައި ގޯނާ ކުރަން އުޅުނު ކަމަށް ކަމުގައި ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކުރި ދެ ފިރިހެނުން ދޫކޮށްލީ އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީއެވެ. އަދި މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނޭ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުިތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިންވެސް މައްސަލަ ބަލާނޭ ކަމަށް ވަނީ ބުނެފައެވެ.

1 ޚިޔާލު

  1. ތިޔަ ބުނާ ކެންޔާ ކުއްޖާ ހުރީ ކެންޔާގައި ކަމަށާއި ދުވަހަކުވެސް ރާއްޖެ ނާންނަ ކަމަށް ނިމިގެން ދިޔާމާ ރަނގަޅުވާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.