ފުލުހުންގެ މުއައްސަސާގެ ހިމާޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ދިވެހި ފުލުހުންގެ މުޢައްސަސާއަށް ވަރަށް ބޮޑަށް ފޭޑް ވިދާޅުވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުހެ އެންމެ އިސްވެރިޔާގެ ޙައިޞިއްޔަތުން އެމުއައްސަސާގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ފުޅު ދައްކަވައިފިއެވެ.

މިއަދު ދިވެހި ޤައުމާ މުޚާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ، ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި، އޭގެ އިތުރުން މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުއައްސަސާކަމަށެވެ.  ކޯވިޑްގެ ބަލިމަޑުކަމުގައި މިހާރު ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގައިވެސް ރެޔެއް ދުވާލެއް ބެލުމެއްނެތި، އަތްވާއި ހޫނުގައި މި ދެ މުއައްސަސާގެ ބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ ވަރަށް ބުރަ އަދި އަގުނުކުރެވޭވަރުގެ މަސައްކަތްތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. .

ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ބައެއްގެ ތެރޭގައިވެސް އިޞްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަންތައް އަބަދުވެސް ހުންނާނެކަމަށެވެ.  ނަމަވެސް ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން، މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ، އިޞްލާޙް ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ.  އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފްރަތާއި ބައިބައިވުން.ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

"ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، މި ދެ މުއައްސަސާގައިވެސް އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ވާހަކަ. އަދި ހަމައެއާއެކު، ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަންވެސް އަޅުގަނޑު ކުރާނެކަމުގެ ޔަޤީންކަން އަރުވަން."  ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.