ޖުލައި މަހު ވައިގެބަނދަރު ހުޅުވައިލާނެ: ރައީސް

ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވެ އިތުރަށް ގޯސްނުވެ ދާނަމަ ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވައިލާނޭ ކަމަށް މިރޭ ގައުމާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިސޯޓުތައް ފަތުރުވެރިންނަށް ހުޅުވައިލުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.

ރިސޯޓުތައް ހުޅުވާއިރު ރިސޯޓުތައް ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން މި އަަހަރުގެ ފަހު ހަމަސް ދުވަހުގެ ކުލި ދެއްކުން ފަސްކޮށްދޭން ނިންމަވައިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.