އެއް ދުވަހުގެ ތެރޭގައި 816 ސާމްޕަލް ޓެސްޓުކޮށް ޕޮޒިޓިވް ވީ 14 މީހަކު 

އެއް ދުވަހުގެ ތެރޭގައި 816 ސާމްޕަލް ޓެސްޓުކޮށް ކޮވިޑަށް ޕޮޒިޓްވް ވީ 14 މީހަކު ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ ) އިން ވިދާޅުވެއްޖެއެވެ. 

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިހާތަނަށް ކޮވިޑަށް 42،830  މީހުން ޓެސްޓް ކުރެވިފައިވާކަމަށެވެ. މިއަދު ވެސް 1276 ސާޕްމަލް ނެގިފައިވާ ކަމަށް ވިދާޅުވިއެވެ. ޓެސްޓްގެ ނަތީޖާ ނުލިބި 1131 ސާމްޕަލް ލެބޯޓްރީގައި އެބަހުރިކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ބަލިޖެހުނު 14 މީހުންނާއެކު ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 2،217 އެވެ. މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަނގްލަދޭޝްގެ ތިން މީހަކާއި އިންޑިއާގެ ދެ މީހެއްގެ އިތުރުން ސްރީލަންކާގެ އެކަކެވެ. މިއަދު ބަލި ޖެހުނު 14 މީހުންގެ ތެރެއިން ފަސް މީހުންނަކީ މިހާތަނަށް ފާހަގަ ކުރެވިފައިވާ އެއްވެސް ކުލަސްޓަރަކަށް ނިސްބަތް ނުވާ މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

މިއަދު ބަލިން ރަނގަޅުވި 10 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 1813 އެވެ. ފަރުވާ ދެމުން އަންނަނީ 391 މީހަކަށެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 12 މީހަކަށެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ އަށް މީހަކާއި ޓްރީޓޮޕްގައި ފަރުވާ ދެމުންދާ  ތިން މީހުންނެވެ. ޓްރީޓޮޕްގައި ފަރުވާ ދެމުންދާ ތިން މީހުންގެ ތެރެއިން ދެމީހުންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.