ކޮވިޑް-19: މާލެއިން އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި އަށް މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު 137 އަށް އެރީއެވެ. މިއަދު ޕޮޒިޓިވް ވީ ހައްތަހާވެސް ދިވެހީންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރ އަމީން ވިދާޅުވެފައި ވަނީ ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން ދާނެ ކަމަށާއި ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ކިޔަމަންވުން 75 އިންސައްތައިގައި ހިހައްޓައިލެއްވިއްޖެ ނަމަ ނިޒާމަށް އޮބިނޯންނަ ވަރަށް ނުގޮސް ހިފެހެއްޓޭނެ ކަމުގައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މާލޭގެ ލޮކްޑައުން އުވައިލާ ހިސާބަކަށް އަދިއެއް ނުދެއެވެ. ކުރިއަށް އޮތް ތާނގައި ގޭގޭގައި ބަލިމީހުން ކަރަންޓީނު ކުރާ ހިސާބަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.