ޔޫއޭއީއާ ދެމެދު އޮތް ގުޅުން ދަނީ ރަނގަޅުވުން، ސައޫދީންނާ ވާހަަކަދައްކަން މިތިބީ ތައްޔާރަށް: އީރާނު ރައީސުގެ މުސްތަޝާރު

އީރާނު ރައީސުގެ އަސްކަރީ އަދި ދިފާއީ މުސްތަޝާރު ބްރިގޭޑިޔަރ ޖެނެރަލް ޙުސައިން ދަހްޤާން

ސައޫދީން ތައްޔާރަށް ތިބިނަމަ އެ ގައުމާއެކު މަޝްވަރާތައް ފަށަން އީރާނު އޮތީ  ތައްޔާރަށް ކަމަށް އީރާނު ރައީސުގެ މުސްތަޝާރަކު ވިދާޅުވެއްެޖެއެވެ. އަސްކަރީ އަދި ދިފާއީ ކަންކަމުގައި ރައީސަށް ލަފާއަރުވާ މުސްތަޝާރު ބްރިގޭޑިއަރ ޖެނެރަލް ޙުސައިން ދަހްޤާން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ވެސް ގުޅުން ރަނގަޅުވަަމުން އަންނަކަމުގައެވެ.

"އަހަރުމެންގެ ފަރާތުން އަހަރުމެން މިތިބީ ސައޫދީ އަރަބިއްޔާއާ މަޝްވަރާކުރަން ތައްޔާރަށް. އެކަމަކު އެމީހުން (ސައޫދީން) ޖެހޭނީ އެކަަމަށް އެއްބަސްވާން. އަހަރުމެންނާ ޔޫއޭއީއާ ދެމެދު އޮތް ގުޅުމާމެދު ބުނެވޭނީ ފާއިތުވި މަސްތަކުގައި އެ ގުޅުން ރަނގަޅުވަމުން އަންނަަ ކަމަށް": ދަހްޤާން ވިދާޅުވިއެވެ.

"ރިޔާޟަށް (ސައޫދީ އަރަަބިއްޔާއަށް) ޖެހޭނީ އެމީހުން ޔަމަނުގައި ކުރިއަށް ގެންދާ ހަމަލާއިން ބަލިވެފައިވާކަން ގަބޫލުކޮށް، ޔަމަނުގައި އާ ސިޔާސަތެއް ހިންގަން.

މާރިޗު 2015 އިން ފެށިގެން ސައޫދީންގެ އިސްވެ އޮވެ އުފެއްދި އަރަބި ކޯލިޝަނުން ނަދީ ޔަމަންގެ ސަރުރާން ޙޫޘީ ހަނގުރާވެރިންނާ ދެކޮޅަށް ޔަަމަނު ސަރުކާރަށް އެހީވަމުންެނެވެ. އަނެއްކޮޅުން، އީރާނުން ދަނީ ޙޫޘިންނަށް އަސްކަރީ އެހީ ފޯރުކޮށްދެމުންެނެވެ.

އީރާނުގެ ރައީސު ޙަސަން ރޫޙާނީވެސް ވަނީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މި މޭރުމުން ވާހަކަފު ދައްކަވާފައެވެ. އޭރު އޭނާވެސް ވިދާޅުވެފައި ވަނީ ޔޫއޭއީއާއެކު އޮތް ގުޅުން ރަނގަޅުވަމުުން އަންނަ ކަމަށާއި، ސައޫދީންނާ ވާހަކަދައްކަން އީރާނު ތައްޔާރު ކަމުގަައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.