މަގުމަތީގައި އުޅޭއިރު ދަތްދޮޅި ދަށަށް މާސްކު ލައްވައިގެން އުޅުމަކީ ރައްކާތެރިގޮތެއް ނޫން ކަމަަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްކޮންފަރެންސްގައި ޑރ. އަފްޒަލް ވިދާޅުވީ ދަތްދޮޅި ދަށުގައި މާސްކް އަޅުވައިގެން އުޅޭތަން ދޭތެރެދޭތެރެއިން ފެންނަ ކަމަށެވެ. ނަމަވެސް އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާސްކު ނަގަން ޖެހިއްޖެ ހާލަތެއްގައި މާސްކު ނަގާނަމަ ދޮަތް ދޮޅީގައި އަޅުވައިގެން އުޅުމުގެ ބަދަލުގައި ރައްކާތެރި ގޮތަކަށް މޫނުން މާސްކު ނަގައި ޖީބަށް ލައިގެން އުޅެވިދާނެ ކަމަށެވެ. އެ ފަދަ ހާލަތެއްގައި މާސްކު ނަގާއިރު މާސްކުގެ އެތެރޭގައި އަތް ނުލައި ކަންފަތުން ނައްޓާލުމަށްފަހު ޖީބަށް ލެވިދާނެ ކަަމަށެވެ. ދަތްދޮޅީގައި މާސްކު އެޅުވުމުން މާސްކު އެހުންނަނީ އެންމެ ބޮޑަށް އެކްސްޕޯޒްވެފައި ހުންނަ އޭރިއާގައި ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
ސާފު ވައި އަދި އަވި އެއީ ކޮންމެހެން ބޭނުންވާ ދޭތި. މި އިނަމަހުރޫމް ވުމުން ބަލިތައް ޖެހުން މާ އަވަސް ވެފައި ، އަދި ބަލި ޖެހިފައިވާ މީހުންނަށް ވެސް ވަރަށް ނުރައްކާތެރި. ތިބުނުއްވަނީ އެއާ އި އިދިކޮޅަށް.