ލޮކްޑައުން އާ ޚިލާފުވި ގިނަބައެއްގެ މައްސަލަ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

ލޮކްޑައުން އާ ޚިލާފުވި ގިނަ ބައެއްގެ މައްސަލަ ދައުވާ ކުރުމަށް ޕޮރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވިދާޅުވެއްޖެއެވެ. 

ލޮކްޑައުނާ ޚިލާފުވެގެން އިއްޔެގެ ނިޔަލަށް ފުލުހުން 318 މީހުން ހައްޔަރުކޮށްފައިެވެއެވެ. އެސިސްޓެންޓް ކޮމިޝަނަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ މީގެ ތެރެއިން ދެބައިކުޅައެއްބަޔަކަށް ވުރެ ބޮޑުބައެއް މީހާރު ދޫކޮށްލެވިފައިވާކަމަށެވެ. ނަމަވެސް ދޫކޮށްލި މީހުންގެ ތެރެއިން ވަރަށް ގިނަމީހުންގެ މައްސަލަ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުއްވައިފައިވާކަމަށެވެ. ބާކީ ތިބި މީހުންގެ މައްސަލަތައްވެސް ތަޙްޤީޤް ނިމުމުން ދަޢްވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުއްވާނެކަމަށެވެ. 

ޕީޖީ ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވާ ކަމެއް އަކުރުން އަކުރަށް ރަނުން ރަނަށް ތަންފީޒު ކުރައްވާނެކަމަށެވެ. އިތުރަށް ޕީޖީ ވީދާޅުވެފައިވަނީ މަޑުމައިތިރިކަންމަތީގައި ތިބެ މައިމޫނާގެ ބަސް އެހުމަށެވެ.

ރާއްޖެއިން ކޮވިޑް ބަލީގެ މީހަކު ފެނުމުން އާއްމު ޞިއްޙަތުގެ ކުލި ނުރައްކަލުގެ ޙާލަތު ވަނީ އިޢްލާން ކޮށްފައެވެ. އަދި މާލެއިން ބަލިޖެހިފައިވާ މީހަކު ފެނުމާއެކު މާލެ ސަރަޙައްދުވަނީ ލޮކްޑައުން ނުވަތަ ފުރަބަންދު ކޮށްފައެވެ. މިލޮކްޑައުނާ ޚިލާފުވާ ފަރާތްތަކާ މެދު ފުލުހުން ދަނީ ފިޔަވަޅު އަޅުއްވަމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 318 ފަރާތެއް މާލެ ސަރަޙައްދުން ހައްޔަރު ކޮށްފައިވާއިރު މާލެއިން އެކަނި 281 މީހުން ވަނީ ޙައްޔަރު ކޮށްފައެވެ. ހުޅުމާލެއިން 34 މީހުން ހައްޔަރުކޮށްފައި ވާއިރު ވިލިމާލެއިން ހައްޔަރުކޮށްފައި ވަނީ ތިން މީހުންނެވެ. ލޮކްޑައުނާ ޚިލާފުވެފައިވާ މީހުންގެ ތެރެއިން ޖުރިމަނާ ކޮށްފައިވާ މީހުންގެ ޢަދަދު 5812 އަށް އަރައެވެ. އެއީ މާލެއިން 5068 މީހުންނާއި ހުޅުމާލެއިން 638 މީހުންނާއި އަދި ވިލިމާލެއިން 106 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.