ފުރަބަންދު މާދަމައިން ފެށިގެން ލުއިކުރާނޭ ގޮތް ހެލްތު މިނިސްޓަރު ހާމަކުރައްވައިފި

ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ކޮށްފައިވާ ހާލަތަށް މާދަމައިން ފެށިގެން ލުއިކަމެއް ދޭން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމުގެ މައްޗަށް ދެވޭ ބައެއް ލުއިތައް މިނިސްޓަރ އޮފް ހެލްތު އަމީން ހާމަ ކުރައްވައިފިއެވެ. މާދަމައިން ފެށިގެން ކޮންމެ ގޭބިސީއަކުން މީހުންނަށް ނުކުމެވޭ މީހުންގެ އަދަދު އިތުރު ކުރެވޭނެއެވެ. އަދި ނުކުމެ އުޅެވޭ ވަގުތާއި ސަރަހައްދަށްވެސް ބަދަލު ގެންނާނެއެވެ. މީގެ އިތުރަށް މަސްމާރުކޭޓު ހުޅުވައިވޯކްޝޮޕްތައް ހުޅުވުމުގެ ހުއްދަވެސް ދޭނެއެވެ.

މާދަމައިން ފެށިގެން ކޮންމެ ގޭބިސީއަކުން 3 މީހަކަށް 2 ގަޑިއިރަށް ބޭރަށް ނުކުމެވޭނެއެވެ.

ބޭރަށް ނުކުމެ އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ޑޮކްޓަރ ޢަލީ ލަޠީފް އިލްތިމާސް ކުރެއްވިއެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް ސަެރުކާރުގެ އޮފީސްތަކެއް ނުހުޅުވާނެއެވެ. އަދި އިސްކޫލުތަކެއްވެސް ނުހުޅުވާނެއެވެ.

މާދަމައިން ފެށިގެން ދޭ ލުއިތައް އޮންނާނީ ދެ ހަފުތާއަށެވެ. އޭގެ ފަހުން ދެވޭ ލުއިތަކާއެކު ނުކުންނަ ނަތީޖާއަށް ބަލާފައި އެހެން ފިޔަވަޅުތައް އަޅާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި ލުއިތަކުގެ ތަފުސީލު މިރޭ އެހެން ގަޑިއެއްގައި ކަމާބެހޭ އިދާރާތަކުން ދެއްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.