ކައުންސިލްތައް ދެމިއޮންނާނެ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބަހުސް ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދާނެއެވެ.
ކައުންސިލްތައް ދެމިއޮންނާނެ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލް ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް އެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.
ބިލުގައި ވަނީ އަލަށް އިންތިޚާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިޚާބުވާ މެމްބަރުން މަޤާމާ ޙަވާލުވަންދެން، މި ބިލް ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުގެ ކުރިން އިންތިޚާބުކޮށްފައިވާ، އަދި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު މަޤާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހުންގެ މަޤާމުތަކުގައި ދެމި ތިބޭނެކަމަށެވެ.
މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެއެވެ.
ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްވެ ވަނީ ގާނޫނަކަށް ވެފައި ނޫންތޯ
http://www.mvlaw.gov.mv/pdf/ganoon/chapterI/22-2019.pdf
ރައްޔިތުންގެ މަޖުލިސް މެމްބަރުން ކަމުގައިވިއަސް ތަސްދީގުކޮށްފައިވާ ގާނޫނުތަކަށް އެހެން ރައްޔިތުންނެކޭ އެއްފަދައިން އަމަލުކުރައްވާނެ. ގާނޫނާއި ޚިލާފަށް އަމަލު ކުރުމަކީ އަދަބު ކަނޑއެޅިގެންވާ ކުށެއް. މަޖުލިސް މެމްބަރުންނަކީ ރައްޔިތުން ބޭނުންވާގޮތް ގޮތަށް ގާނޫނުހަދަން މުސާރަދީފާއިވާ ރައްޔިތުންގެ މުވައްޒަފުން. ގާނޫނު ތަންފީޒުކުރުމުގެ ބާރު ރައްޔިތުން ދީފައިއޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް.