މަޖިލީހުގެ ރައީސް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލު ކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވައިފި އެވެ.

މިކަން ހާމަކުރައްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. މި ބައްދަލުވުމުގެ ތަފްސީލެއް އަދި ދެކެވުނު ވާހަކަތަކެއް އެއްވެސް ފަރާތަކުން އަދި ހާމަކުރައްވައިފައެއް ނުވެއެވެ. މަޖިލީހުގެ ރައީސް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލު ކުރައްވައިފައި ވަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނި ކޮށެވެ. ނަމަވެސް ރައީސް ނަޝީދު ސިފަ ކުރައްވައިފައި ވަނީ ބޭރު ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެ ތިބުމަކީ ތަރައްގީ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތަފާތު އެއްބަސްވުންތަކުގެ ދަށުން ތިބުމަކީ މިހާރު އެކަނި ކުރަމުންދާ ކަމެއް ނޫންކަމަށާއި ކުރިން ފެށިގެން ހިނގަމުން އަންނަ ކަމެއްކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ "އިންޑިޔާ-އައުޓް" ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭން ހިންގަނީ ހަރުކަށި ޖަމާއަތްތަކުންކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.