އާފަތިސް ބަދިގެ: އެވަކާޑޯ ކީންވާ (Quinoa) ސަލަޑް

މި ހަފްތާގެ ރެސިޕީ އަކަށް ހޮވާފައިމިވަނީ ސަލަޑް އެކެވެ. މި ސަލަޑަކީ ހަށިގަނޑަށް ފައިދާހުރި ގިނަ ބާވަތްތަކެއް އެކުލެވޭ ސަލަޑެކެވެ. މިއަދަކީ ދުނިޔޭގެ ވޭގަން ދުވަސް ކަމަށް ވުމާއެކު މިއީ މިއަދަށްވެސް މުނާސަބު ރެސިޕީއެކެވެ.

ސަލަޑަށް ބޭނުންވާނެ ބަވަތްތައް:

1 ޖޯޑު ކީންވާ (ރޯ)

8 ޗެރީ ޓޮމާޓޯ

¼ ޖޯޑު ރަތް ފިޔާ، ކުދިކޮށް ކޮށާފައި

1ކިއުކަމްބަރ، ކޮށަފައި

ޖޯޑެއްގެ ތިންބައިކުޅަ ދެބައި ސްޕިނޭޗް، ކޮށާފައި

ދޮންވެފައިވާ 2 އެވަކާޑޯ، އޮށް ނަަގައި، ކޮށާފައި

ކުދީނާ ފަތް (އިޚްތިޔާރީ)

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ފެޓާ ޗީޒް

ޑްރެސިންގ އަށް ބޭނުންވާނެ ބާވަތްތައް:

މޭޒުމަތީ ސަމުސަލުގެ ހަތަރު ސަމުސާ އެޕަލް ސިޑަރ ވިނެގަރ

މޭޒުމަތީ ސަމުސަލުގެ ދެސަމުސާ މަސްޓަޑް (ކްރީމް)

1 ސައިސަމުސާ އޮރިގާނޯ (ހިކި)

1 ލޮނުމެދު

½ ޖޯޑު އޮލިވް އޮއިލް

1 ލުނބޯ (މޭޒުމަތީ ސަމުސަލުގެ ދޭއް ނުވަތަ ތިން ސަމުސާ ލުނބޯ ހުތް)

ލޮނާއި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ޕެކެޓްގައިވާ އިރުޝާދާ އެއްގޮތަށް ކީންވާ ކައްކާށެވެ. އުނދުން މަތީން ބޭލުމަށްފަހު ހިހޫ ކުރަން ހަލަންޏަކަށް ނަގާށެވެ.

ޑްރެސިންގ ތައްޔާރުކުރުމަށް ވިނެގަރ އާއި މަސްޓަރޑާއި ލޮނުމެދު އަދި ރަހަލާވަރަަށް ލޮނާއި އަސޭމިރުސް ބޯތަށްތެއްގައި އެއްކުރާށެވެ. ދެން އޭގެ ތެރެއަށް މަޑުމަޑުން އޮލިވް އޮއިލް އަޅައި ރަނގަޅަށް މިކްސްކުރާށެވެ. އެއަށްފަހު ލުނބޯ ހުތް އަޅައި އެއްކުރުމަށް ފަހު މަތި ބަންދު ކުރުމަށް ފަހު ފްރިޖުގައި ބަަހައްޓާށެވެ.

ތަރުކާރީ ތައްޔާރު ކުރުމަށް ޗެރީ ޓޮމާޓޮތައް ފަޅިކޮށް، ކިއުކަމްބަރ އާއި ފިޔާ އަދި ސްޕިނޭޗް އާއި އެވަކާޑޯ ކީންވާ އާއި އެއްކުރާށެވެ. ދެން ފްރިޖުގައި ފިނިކުރަން ބެހެއްޓި ޑްރެސިން ނަގައި ކުޑަކޮށް ހަލުވާލުމަށްފަހު ސަލަޑްގެ މައްޗަށް އޮއްސާލާށެވެ. ސަލަޑާއި ޑްރެސިން އެއްކުރުމަށްފަހު މައްޗަށް ފެޓާ ޗީޒް އަޅާށެވެ.

ތާޒާކޮށް ހުއްޓައި ކާން ނަގާށެވެ. ސައިޑް ޑިޗް އެއްގެ ގޮތުގައި ބޭނުން ކުރާނަމަ މި ރެސިޕީ އިން 8 މީހަކަށް ސާވް ކުރެވޭނެއެވެ. މި ސަލަޑް ތައްޔާރު ކުރަން ހޭދަވާނީ 15 ވަރަކަށް މިނިޓެވެ. 

ނޯޓް: ރެސިޕީ އާއި ފޮޓޯ ނަގާފައިވަނީ ޗެލްސީ މެސީ އޭޕްރަން އިންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.