އާފަތިސް ރޯދަ ބަދިގެ: ކްރީމީ ސްޓަފްޑް މަޝްރޫމް

ބޭނުންވާނެ ބާވަތްތައް:

1 ޕެކެޓު ސޮސެޖް

1 ފިޔާ

2 ލޮނެމެދު

2 މޭޒުމަތީ ސަމުސާ ޕާސްލޭ

12 މަޝްރޫމް

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

½ ޖޯޑު ޗީޒް

ލޮނު

ތައްޔާރުކުރާނެ ގޮތް:

40 ޑިގްރީ ސެލްސިއަަސް އަށް އަވަން ހޫނުކުރަން ޖައްސާށެވެ.

ދެން މަޑު ގިނީގައި ބަހައްޓައިގެން ސޮސެޖު ކައްކާށެވެ. ރަނގަޅަށް ރޯ ފިލުމުން ކޮށާފައި ހުރި މަޝްރޫމުގެ ތަނޑާއި ފިޔާ އަދި ރަހަލާވަރަށް ލޮނު އަޅައިގެން ކައްކާށެވެ.

ދެން ލޮނުމެދާއި ޕާސްލޭ އަޅައިގެން އެއް މިނެޓު ކައްކާށެވެ. އެއަށްފަހު ބޯތަށްޓަކަށް ހުސްކުރުމަށްފަހު ޗީޒް އެއްކުރާށެވެ.

ދެން މަސް އަޅައިގެން މަޝްރޫމުތައް ފިލް ކުރުމަށްފަހު އަލުން ތެލީގައި އަތުރާށެވެ. އަދި އޭގެ މައްޗަށް ޗީޒު ފަށަލައެއް ލާށެވެ. ދެން އަވަނުގައި 15 ނުވަތަ 20 މިނެޓު ފިހާށެވެ.

މިއީ ތާޒާކޮސް ހުއްޓައި ކާން ރަނގަޅު ހެދިކާއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.