ޢާއިލާގެ ގޮތް
ވަރަށް ބޮޑު މުސްކުޅިއެކެވެ. އޭނާ ގެ ކަންފަތަށް އަޑު ނީވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ އެތައް ޑަކްޓަރަކަށް ދައްކައިފި އެވެ. އެތައް ޤައުމަކަށް ހިނގައްޖެ އެވެ. އެންމެ ފަހުން އޭނާގެ ކަންފަތަށް ފަރުވާއެއް ލިބޭ ގޮތް ވެއްޖެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކަންފަތުގައި ޖަހާނޭ ހިއަރިންގ އެއިޑެއް (އަޑުއިއްވިއެއް) ލިބުނީއެވެ.
އޭގެ ބޭނުން ކުރަން ފެށިތާ ހަފްތާއެއްހައި ދުވަސް ފަހުން އޭނާއަށް ބޭސް ކުރާ ޑަކްޓަރާ ދިމާވެއްޖެ އެވެ.
ޑަކްޓަރު އަހައިލިއެވެ. "ކޮބާ ރަނގަޅަށް އަޑު އިވޭތަ-؟"
އޭނާ ބުނެލިއެވެ. "އާދެ- މިހާރު ވަރަށް ރަނގަޅަށް އަޑު އިވޭ- ވަރަށް އުފާ ވެއްޖެ-"
ޑަކްޓަރު އަހައިލިއެވެ. "މިހާރު ރަނގަޅަށް އަޑު އިވޭކަން އަނބިދަރިންނަށް އެނގޭތަ-؟"
އޭނާ ބުންޏެވެ. "އަނބިދަރިންނަކަށް އަދި ނާންގަން- މިހާރު ކުރާ ކަމަކީ އެ މީހުން ދައްކާ ވާހަކަ އަޑު އެހުން- މިހާރު އަޅުގަނޑުގެ ވަޞިއްޔަތް ހަތް ފަހަރު ބަދަލު ކޮށްފިން-"
ޓެކްސީ ދަތުރު
ދާދި ދެންމެއަކު ހުޅެލޭ ފެރީން ފޭބި މީހަކު ޓެކްސީއެއް ހުއްޓުވާފައި އަހައިފިއެވެ.
"އަހަރެންގެ ގެ ހުންނަނީ މާފަންނު ކޮޅުގައި- އެ ހިސާބަށް ދާން ނަގަނީ ކިތައް ރުފިޔާ-؟"
ޓެކްސީ ޑްރައިވަރު ބުނެލިއެވެ.
"ފަނަރަ ރުފިޔާ-"
އެމީހާ އަހައިލިއެވެ.
"އަހަރެންގެ ދެ ފޮށި އެރުވީމާ ނަގާނީ ކިހައި ވަރެއް-؟"
ޓެކްސީ ޑްރައިވަރު ބުނެލިއެވެ.
"ފޮށި ހިލޭ ގެންގޮސް ދޭނަން-"
އެ މީހާ ބުނެލިއެވެ.
"އެހެން ވެއްޖެއްޔާ ކަލޭ ފޮށި ހިފައިގެން ކާރުގައި ދޭ- އަހަރެން ހިނގާލާފައި ދާނަން-"
މަންމަ
އެއް ދުވަހަކު އަޙްމަދު ސުޕަރމާކެޓަކަށް ވިޔަފާރި ކުރަން ހިނގައްޖެ އެވެ. އޭނާގެ ފަހަތުން ފިހާރައަށް ވަން މުސްކުޅި އަންހެނަކު އޭނާ ދާހައި ތަނަކަށް ދަނީއެވެ. އަޙްމަދު އެކަމަކާ އަޅައެއް ނުލައެވެ. އެ މީހާ ވަރަށް ގިނަ އެއްޗެހި ނެގިއެވެ. ފައިސާ ދައްކާ ކޮށިގަނޑާ ހަމައަށް އައިސްފައި އެ އަންހެންމީހާ އަޙްމަދުގެ ކުރިއަށް އަރައިފިއެވެ. އަދި މަޑު މަޑުން ބުނެލިއެވެ.
"ކޮއިފުޅާ- އުނދަގޫ ކުރެވުނިއްޔާ ވަރަށް ބޮޑަށް މަޢާފް ކުރާތި- އަހަރެންގެ ދަރިފުޅާ ކޮއިފުޅު ވައްތަރު ކަމުން ހަމަ ފަހަތުން ދެވުނީ- ހިތް ބަރު ނުކުރާތި-؟"
އަޙްމަދު ބުނެލިއެވެ. "މައްސަލައެއް ނެތް-؟ އަހަންނަށް ކޮށްދެވޭ ވަރުގެ ކަމެއް އޮތިއްޔާ ބުނެލާތި-؟"
އެ މީހާ ބުންޏެވެ. "ދައްތަ މި ދަނީ ދާން- އެހެންވީމާ މަންމާއޭ ގެއިން ބައްދަލު ވާނެއޭ ކަހަލަ އެއްޗެއް ތަންކޮޅެއް ބާރަށް ބުނެލިއްޔާ ދައްތަ ވަރަށް ބޮޑަށް އުފާ ވާނެ-"
އަޙްމަދު ބުންޏެވެ. "އެންމެ ރަނގަޅު-"
އެ މީހާ ނުކުމެގެން ދާން ފެށީމާ އަޙްމަދު ތަންކޮޅެއް ބާރަށް ބުނެލިއެވެ. "މަންމާ- ގެއިން ބައްދަލު ވާނެ-"
އެ މީހާ ހިނިތުން ވެލާފައި ނުކުމެގެން ހިނގައްޖެއެވެ. އަޙްމަދު ކައުންޓަރު ކައިރިއަށް ގޮސް ބެލި އިރު ބިލަށް އޮތީ ފަސް ސަތޭކަ ރުފިޔާ އަރާފައެވެ. އޭނާ ޙައިރާން ވެފައި އަހައިލިއެވެ. "މިވީ ކިހިނެއް-؟? އަހަރެން ނެގީ އެންމެ ޓޮމާޓޯ ސޯސް ފުޅިއެއް-"
ކޮށިގަނޑުގައި އިން ކުއްޖާ ބުނެލިއެވެ. "ތިޔަ ބޭފުޅާގެ މަންމަ ވިދާޅުވީ ފައިސާ ދައްކާނީ ދަރިފުޅޭ-"