އާފަތިސް ރޯދަ ބަދިގެ: ޓޫނާ ސަލަޑް

ބޭނުވާނެ ބާވަތްތައް:

މެދުމިނުގެ ވިލާތުގެ ބަށްޓެއް

ލެޓިއުސް ބޮނޑިއެއް

3 ޖޯޑު އަރުގުލާ

2 ޖޯޑު ހިމަތޮޅި (ކައްކާފައި)

ދެ ދަޅު މަސް

3 ޓޮމާޓޯ، ބޮޑެތިކޮށް ކޮށާފައި

¾ ޖޯޑު ޒުވާރި

½ ޖޯޑު ފެހި ޒައިތޫނި (އޮށް ނަގާފައި)

ޒައިތޫނި ތެޔޮ

ލުނބޯ ހުތް

ލޮނު/އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ބޮޑު ތަވަޔެއް ހޫނުކުރާށެވެ. ކޮށާފައި ހުރި ބަށީގަިއ ފިއްސަކުން ތެޔޮ ހޭކުމަށްފަހު ތަވާ މަތީ ބާއްވައިގެން ފުށުން ޖަހަމުން ފިހާށެވެ. ފިހެވުމުން ތަށްޓަކަށް ހުސްކުރުމަށްފަހު މައްޗަށް ލޮނުކޮޅެއް ބުރުވާލާށެވެ.

ލެޓިއުސް އާއި އަރުގުލާ ބޮޑު ތަށްޓެއްގައި ފަތުރާށެވެ. ލެޓިއުސްގެ މަތިން ބަށި އަތުރާށެވެ. ބަށި ފަށަލައިގެ މަތިން ތޮޅިއާއި މަހާއި ޒުވާރި އަދި ޓޯމާޓޯ އާއި އޮލިވްސް ފަތުރާލާށެވެ. ދެން އަސޭމިރުންކޮޅަކާއި ލޮނުކޮޅެއް އޭގެ މައްޗަށް ބުރުވާލާށެވެ. އަދި މައްޗަަށް ޒައިތޫނި ތެޔޮ ފޮދެެއްވެސް ބުރުވައިލުމުށްފަހު ލުނބޯ ހުތް ބުރުވާށެވެ.

މިއީ ވިހި ވަރަކަށް މިނެޓުން ތައްޔާރުކުރެވޭނެ، ފަސޭހަ، މީރު އަދި ސިއްހަތަށް ފައިދާ ހުރި ރެސިޕީއެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.