އާފަތިސް ބަދިގެ: ނޭވީ ބީން ޗިކެން ޗިލީ

ބޭނުންވާނެ ބާވަތްތައް:

½ ކިލޯ ކުކުޅު

1 މޭޒުމަތީ ސަމުސާ އަދި 1 ½ ސައިސަމުސާ ލޮނު

3 ½ ސައިސަމުސާ ދިރި

2 ސައިސަމުސާ މިރުސް ޕައުޑަރު

3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

2 ފިޔާ، ކުދިކޮށް ކޮށާފައި

1 ބެލް ޕެޕަރ، އޮށް ނަގައި ކުދިކޮށް ކޮށާފައި

2 ގްރީން ޗިލީ، އޮށް ނަގައި ކުދި ކޮށާފައި

2 ކޯޅީ ކޮތަނބިރި ފަތް، ކުދިކޮށް ކޮށާފައި

1 ސައިސަމުސާ އޮރިގާނޯ

1 ޖޯޑު ހުދު ބީންސް، ފޯކޮށްފައި

5 ½ ޖޯޑު ބައި ކުކުޅު ސުރުވާ

1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް

ތައްޔާރުކުރާނެ ގޮތް:

1 ½ ސައިސަމުސާ ލޮނާއި ދިރި ސަމުސަލަކާއި މިރުސް ޕައުޑަރު ބޭނުންކޮށްގެން ކުކުޅު ސީޒަންކުރާށެވެ.

ތެޔޮ ފޮދު ހޫނުކުރުމަށްފަހު ކުކުޅޫ ރަނގަޅަށް ރޯ ފިލުވާށެވެ. ދެން ތަށްޓަކަށް ނަގައި ފޮއިލް ނުވަތަ ޕްލާސްޓިކުން ރެޕްކޮށްފައި ބަހައްޓާށެވެ.

ކުކުޅު ރޯފިލުވި ތެއްޔަށް ފިޔާ، ބެލް ޕެޕަރ، ކޮތަނބިރި ފަތް، ގްރީން ޗިލީ ލޮނުމެދު އޮރިގާނޯ، އަދި ބާކީ ހުރި ދިިރި އާއި މިރުސް އަޅާށެވެ. ފޔާގަނޑު މީރުވުމުން ބީންސް އާއި ކުކުޅު ސުރުވާ އެއްކޮށް މަތިޖަހައިގެން ކައްކާށެވެ.

ދެން ކުކުޅުގެ ކަށްޓާއި މަސް ވަކިކޮށް މަސް ފުނޑުކުރުމަށްފަހު ތެއްޔަށް އަޅާށެެވެ. އަދި މީގެ ތެރެއަށް މޭޒުމަތީ ސަމުސަލުގެ ލޮނާއި ޒުވާރި ފުށް ސަމުސާ އަޅައިގެން ކައްކާށެވެ. ރަނގަޅަށް ކެކެން ފެށުމުން ގިނިމަޑުކޮށް މަތިޖަހަިއގެން އިތުރު ފަނަރަ މިނެޓު ކައްކާށެވެ. ތައްޔާރުކުރެވުމުން ކުދި ބޯތަށްޓަށް އަޅައި ކާން ނަގާށެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.