އާފަތިސް ބަދިގެ: ޏޮކީ

ބޭނުންވާނެ ބާވަތްތައް:

2 އަލުވި

50 ގުރާމު ރިކޯތާ ޗީޒް

90 ގުރާމު ފުށް

1 ކުކުޅު ބިސް، ގިރާފައި

1 ޖޯޑު ޕީސް (ގްރީން)

ތައިމް

ޕާމެސަން ޗީޒު

ރަހަ ލާ ވަރަށް ލޮނު

ބައި ސައިސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް:

200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖައްސާށެވެ.

1 ގަޑި އިރާއި 15 ވަރަކަށް މިނެޓު ވަންދެން އަވަނުގައި އަލުވި ފިހާށެވެ. ފިހެންވާނީ ތޮށްޓާއެކު އެވެ. އަލުވި ރަނގަޅަށް ފިހެވުމުން ތޮށި ނޮޅައި ޗަސް ކުރާށެވެ. ދެން ރިކޮޓާ އާއި ލޮނާއި، އަސޭމިރުހާއި ފުށް އަލުއްވާއި އެއްކުރާށެވެ. އެއަށްފަހު ގިރާފައި ހުރި ބިސް އެއްކުރާށެވެ. ދެން ތައިމް އެއްކުރާށެވެ.

ހުރިހާ ބާވަތެެއް އެއްކޮށް، އަލުވި ފުށްގަނޑު މޮޑެވުމުން ބޯމިނުގައި 1.5  ސެންޓިމީޓަރު، އަދި ދިގު މިނުގައި 2 ސެންޓިމީޓަރު ވަޅިއަކުން ހުންނަވަރަށް ކަފާށެވެ. ކަފައި ނިމޭއިރު ހުންނަން ވާނީ ކުދި ކުދި ބާލީސް ބަށްޓަމަށެވެ. ދެން މެދުގައި އިނގިލިން ކުޑަކޮށް އޮބައިލާށެވެ.

ދެން ކެކިކެކި ހުރި ފެނުގެ ތެރެއަަށް ލައިގެން ދެ މިނެޓުވަތު ކައްކާށެވެ. އަދި ތެލިން ނަގައި ފެން ހިއްކައިލަން ދެ މިނެޓު ވަރު ބަހައްޓާށެވެ.

ސޯސް ތައްޔާރުކުރުމަށް ޓަކައި އުނދުން މައްޗަށް ތަވާ އުދައި ހޫނު މިން މެދުމިނުގައއި ބަހައްޓައިގެން ތެޔޮ ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން އޭގެ ތެރެއަށް ޏޮކީ އަޅާށެވެ. އަދި އަސޭމިރުސްކޮޅަކާއި ކުޑަ ލޮނުކޮޅެއް ލައިގެން 2 މިނެޓު  ވަރު ތެލުލާށެވެ. ދެން ކުޑަ ބަޓަރުކޮޅަކާއެކު ގްރީން ޕީސް އަދި ކުޑަ ތައިމްކޮޅެއް ޏޮކީގެ ތެރެއަށް އަޅައި ރަހަ ނުކުންނަން ދެން ހޫނުކުރާށެވެ.

އެއަށްފަހު ޕާމެސަން ޗީޒާއެކު ސާވް ކުރާށެވެ.

ޏޮކީ އަކީ އިޓަލީގެ ކާނާއެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.