މިއަދުން ފެށިގެން ދެން ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ދުވަހު ކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ މުއައްސަސާގެ ސޯޝަލްމީޑިއާގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަ ގޮތުގައި މީގެ ކުރިން ހަފްތާއަކު ދެ ދުވަހު ބާޒާރަށް ދެވޭ ގޮތަށް ހުއްދަ ދޫކޮށްފައިވީ ނަމަވެސް މިއަދުން ފެށީގެން ދެން ބާޒާރަށް ދެވޭނީ ހަފްތާއަކި އެއް ދުވަހުއެވެ. އަދި މީގެ ކުރިން ދީފައިވާ ހުއްދަ ބަދަލުގެނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ބާޒާރަށް ދާން މީގެ ކުރިން ހުއްދަ ނަގާފައިވާ ފަރާތްތަކަށް އެ ހުއްދަ މުރާޖައާ ކޮށް، ބާޒާރަށް ދިއުމަށް ކަނޑައަޅާ ގަޑި އެ ފަރާތްތަކުެގ ފޯނަށް ފޮނުވާނެ ކަމަށް ފުލުހުން ހާމަކުރެއެވެ. އަލުން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ.
ހުއްދައަށް ބަދަލުގެނެވުނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބަލިޖެހޭ މީހުން އިތުރުވުން ހުއްޓުވުމުގެ ގޮތުންނެވެ.