ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސްޕީޑްރަން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިކަން ކުރަނީ ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ، މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
ސްޕީޑްރަން އަށް ބެލުމަށް ފަހު، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެވަގުތު ނުހުއްޓޭ ވެހިކަލްތައް ވީޑިއޯ ބަލައިގެން ފަހުގެ މަރުހަލާގައި ގެނެސްގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
ސްޕީޑްރަންގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ މާލޭގެ ޓްރެފިކަށް މިހާރު އަންނަ ބަދަލުތަކާ ގުޅިގެން މިކަންތައްތައް ތަރުތީބުކޮށްގެން މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލެ އާ ދެމެދު ދުއްވާ ބަސްތަކަށް އުނދަގުވާ ގޮތަށް ބައެއް ފަރާތްތަކުން ކާރު ފަދަ އުޅަނދު ފަހަރު ޕާކްކުރަމުންދާ މައްސަލަ މަދުންނަމަވެސް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދުއްވާ އެހެން ފަރާތްތަކަށް މީގެ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންވެ، ބަސްތަކަށް އުނދަގޫ ނުވާނެހެން ޕާކް ކުރުމަށާއި އެކަމަށް އިތުރަށް ސަމަލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މަގުމަތީގައި ދުވެ ކަސްރަތު ބުރު ޖަހާ މީހުން ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޒިބިލިޓީ ހައި ޓީޝާޓު ލުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.