އާފަތިސް ރޯދަ ބަދިގެ: ކާފުރުތޮޅި ކޭކު

ކޭކަށް ބޭނުންވާނެ ބާވަތްތައް:

1 ޖޯޑާއި ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ފުށް

1 ސައިސަމުސަލާއި ސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކާފޫރުތޮޅި، މުގުރާފައި

2 ސައިސަމުސާ ބޭކިން ޕައުޑަރު

½ ސައިސަމުސާ ބޭކިން ސޮޑާ

½ ސައިސަމުސާ ލޮނު

½ ޖޯޑު ބަޓަރު

¾ ޖޯޑު ހަކުރު

3 ކުކުޅު ބިސް

½ ޖޯޑު ކިރު

½ ޖޯޑު ސަވަރ ކްރީމް

2 ސައިސަމުސާ ވެނީލާ އެސެންސް

ލުނބޮއެއްގެ ތޮށި

2 ޕެއަރ، ތޮށި މަށައި ސާފުކޮށްފައި

ޓޮޕިންއަށް ބޭނުންވާނެ ބާވަތްތައް:

¼ ޖޯޑު ބްރައުން ޝުގަރ

2 މޭޒުމަތީ ސަމުސާ ބަޓަރު، އަންސޯލްޓެޑް

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި ނުވަ އިންޗި ތަށްޓެއްގައި ބޭކިން ކަރުދާސް އަޅައި ތަށީގެ އެތެރޭގައި ތެޔޮ ހާކާފައި ފުށްގަނޑު ތައްޔާރުވަންދެން ބަހައްޓާށެވެ.

ބޮޑު ބޯތަށްޓެއްގައި އިލެކްޓްރިކް މިކްސަރަކުން ހަކުރާއި ބަޓަރު ކްރީމަށްވަންދެން އެއްކުރާށެވެ، ދެން ބިހާއި ވެނީލާއާއި ލުނބޯ ތޮށި އެއްކުރުމަށްފަހު އޭގެ ތެރެއަށް ކިރާއި ސަވަރ ކްރީމް ވެސް އެއްކުރާށެވެ.

ދެން އެހެން ތަށްޓެއްގައި ހިކި ބާވަތްތައް އެއްކުރުމަށްފަހު އެއިން ¼ ޖޯޑު ނެގުމަށްފަހު ކޮށާފައި ހުރި ޕެއަރ އައި އެއްކުރާށެވެ. ބާކީ ހުރި ހިކި ބާވަތްތައް ހަކުރާއި ބަޓަރުގެ ތެރެއަށް އަޅައި އެއްކުރާށެވެ. އެއަށްފަހު ދޭފަތަކުން ކޭކުފުށްގަނޑުގެ ތެރެއަށް ޕެއަރ އެއްކުރާށެވެ.

ކުރިން ތައްޔާރުކުރި ޓްރޭއަށް ފުށްގަނޑު އޮއްސާލާށެވެ. އަދި މަތި އޮމާން ކޮށްފައި ބަހައްޓާށެވެ. ދެން ޓޮޕިން ތައްޔާރުކުރާށެވެ.

ޓޮޕިން ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ބާވަތެއް އެކީ ފުނޑުވާށެވެ. ރަނގަޅަށް ފުނޑުވުމުން ޓްރޭގެ މައްޗަށް ބުރުވާލާށެވެ.

ދެން ޓްރޭ އަވަނަށް ލައި، 45 މިނެޓު ވަންދެން ފިހޭށެވެ. ފިހެވުމުން ޓްރޭގައި ބަހައްޓައިގެން ހިހޫކުރާށެވެ. މިއީ ވެސް ވަރަށް ރަހަ މީރު ކޭކެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.