އާފަތިސް ބަދިގެ: ނިއުޓެއްލާ ކްރޮއިސެންޓްސް

ބޭނުންވާނެ ބާވަތްތައް:

2 ޝީޓު ޕަފް ޕޭސްޓްރީ

1 ޖޯޑު ނިއުޓެއްލާ

އެގް ވޮޝް ( 1 ބިސް، މޭޒުމަތީ ސަމުސަލެއްގެ ފެނަށް ގިރައިފައި)

1 ޖޯޑު ހަކުރު (މޭޒުމަތީ ސަމުސަލެއްގެ ޒުވާރި ފުށާއެކު ބްލެންޑް ކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

425 ޑިގްރީއަށް އަވަން ހޫނުކުރާށެވެ.

މޭޒުމައްޗަށް ފުށްކޮޅެއް ބުރުވައިލުމަށްފަހު ޕޭސްޓްރީ ޝީޓު، ހަތަރު ފަރާތުން އިންޗިއެއް ހުންނަވަރަށް ދަމާލާށެވެ.

ދެން ހަތަރު ސްކުއެރ ކަފައިލާށެވެ. އަދި އެއިން ކޮންމެ ބައެއް ތިނެސްކަނަށްވާ ގޮތަށް ދެބަޔަށް ކަފައިލުމަށްފަހު ކޮންމެ ބައެއް ކުޑަކޮށް ފަތާވާގޮތަށް އަތުން ދަމައިލާށެވެ.

ފުޅާކޮށް ހުރި ބަޔަށް މޭޒުމަތީ ސަމުސަލެއްގެ ނިއުޓެއްލާ ލާށެވެ. ކައިރިފަށުގައި ފިހިގަނޑަކުން އެގް ވޮޝް ހޭކުމަށްފަހު ކައިރިފަށް ރަނގަޅަށް ބަންދުވާ ގޮތަށް އޮޅާލާށެވެ. މަތީގައި އަނެއްކާވެސް އެގް ވޮޝް ހޭކުމަށްފަހު ދިހަ މިނެޓު ނުވަތަ ފަނަރަ މިނެޓު ވަންދެން އަވަނުގައި ފިހޭށެވެ.

ދެން ބްލެންޑްކުރި ހަކުރު ބުރުވައިލާށެވެ.

މި ރެސިޕީ އިން 16 ކްރޮއިސެންޓު ތައްޔާރު ކުރެވޭނެއެވެ.

ޕޭސްޓްރީ ޝީޓު އަމިއްލައަށް ވެސް ތައްޔާރު ކުރެވިދާނެއެވެ. ޕޭސްޓްރީ ޝީޓު ތައްޔާރުކުރުމަށް ޖޯޑެއްގެ ފުށާއި ބައިޖޯޑު ބަޓަރު ބައި ސައިސަމުސާ ލޮނާއި ލުނބޯ ހުތުގެ ދެތިން ތިކި، ތަށްޓެއްގައި އެއްކުރާށެވެ. ރަނގަޅަށް އެކުވުމުން ފުށް ގަނޑު މޮޑެވޭ ވަރަށް ފިނި ފެން އަޅައިގެން މޮޑޭށެވެ. އަދި މޭޒުމަތީގައި ބޭއްވުމަށްފަހު ޕޭސްޓްރީ ޝީޓަށް ވާގޮތަށް ދަމައިލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.