މާދަމާ 5000 ޓެސްޓު ކިޓު ލިބޭނެ: މަބްރޫކް

ކޯވިޑް ޓެސްޓުކުރުމަށް މާދަމާ އިތުރު 5000 ކިޓު ރާއްޖެއަށް ގެންނާނެ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެއްޖެއެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް ސަރުކާރުން ހަދާފައިވާ އެގްރީމެންޓުގެ ދަށުން މިއަދު 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ދުނިޔޭގައި ބަލި ފެތުރެން ފެށުމާއެކު ރާއްޖެއިން ޑާބްލިޔުއެޗްއޯގެ އެހީގައި ސަރުކާރުން ކުންފުނިތަކާ ވާހަކަ ދެކެވި ކުންފުނިތަކެއް ފާހަގަކުރެވުނު ކަމަށެވެ އެގޮތުން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އާ ވެސް އެއްބަސްވެވުނު ކަމަށެވެ. އެގޮތުން ގަންނަން ބޭނުންވާ މެޝިންތަކުގެ އަގަށްވާ ފައިސާގެ ބައެއް ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަހުގެ 18ވަނަ ދުވަހާއި 25ވަނަ ދުވަހު ބައެއް ވެންޓިލޭޓަރުތައް ގެނެވޭނެ ކަމަށާއި، ޖޫން މަހު ބާކީ ގެނެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.