އައްޑޫގެ ލޮކްޑައުން އުވާލައިފި

އެޗްޕީއޭއިން އިއްޔެ އަޑު ސިޓީއަށް ނެރުނު ލޮކްޑައުންގެ ހާލަތު އުވާލައިފިއެވެ. މިއަދު އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ހާމަ ކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީ ލޮކްޑައުން އަކަށް ގެންނާން ނިންމި ނިންމުން ބާތިލު ކޮށްފައި ވަނީ އެ ހާލަތު ބެލިބެލުމުން އިތުރަށް ދަހައްޓަން ނުޖެހޭ ކަމަށް ފެނުނީމައެވެ.

އިއްޔެ އައްޑޫ ސިޓީ ލޮކްޑައުން ކުރީ އައްޑުއިން މާލެ ގެނައި ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެހެންނަމަވެސް ރޭގެ ވަގުތެއްގައި އެޗްޕީއޭއިން ހާމަކޮށްފައި ވަނީ އެމީހާގެ ޓެސްޓް މިހާރު ނެގެޓިވް ވެފައިވާ ކަމުގައެވެ. އިއްޔެ އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ އައްޑު އަތޮޅުން ގެނައި ބަލިމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކުރީ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.