އާފަތިސް ރޯދަ ބަދިގެ: ޗޮކްލެޓު-ބަނާނާ ބްރެޑް

ބޭނުންވާނެ ބާވަތްތައް:

½ ޖޯޑު ބަޓަރު (އަންސޯލްޓެޑް)

2/3 ޖޯޑު ހަކުރު

2 ކުުކުޅު ބިސް

3 ވައް ދޮންކެޔޮ (ވަަރަށް ބޮޑަށް ދޮންވެފައި ހުރި)

½ ސައިސަމުސާ ވެނީލާ އެސެންސް

1 ½ ޖޯޑު ފުށް

1 ސައިސަމުސާ ބޭކިން ސޮޑާ

½ ސައިސަމުސާ ލޮނު

1 ޖޯޑު ޗޮކްލެޓު ޗިޕްސް (ބައިކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

170 ޑިގްރީއަށް އަވަން ހޫނުކުަރަން ޖައްސާށެވެ. އަދި ޕާން ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު އޭގެ މައްޗަށް ހިކި ފުށްކޮޅެއް ފުރާނާލާށެވެ.

ދެން ބަޓަރާއި ހަކުރު އެއްކުރާށެވެ. ހަކުރު ވިރުމުން އޭގެ ތެރެއަށް ބިސް އެޅުމަށްފަހު ކްރީމަށް ވަންދެން ގިރާށެވެ.

ދެން އުލަކުން ދޮންކެޔޮ ޗަސްކޮށްފައި ބިހާއި އެއްކުރާށެވެ. އެއާއެކު ވެނީލާ އެސެންސް ވެސް އެއްކުރާށެވެ.

އެހެން ތަށްޓެއްގައި ހިކި ސާމާނު، ފުށާއި ބޭކިން ސޮޑާ އާއި ލޮނުކޮޅު ފުރޭނުމަށްފަހު ދޮންކޭލާ އެއްކުރާށެވެ.

ދެން ¾ ޖޯޑު ޗިޕްސް ފުށްގަނޑަށް އެޅުމަށްފަހު ދޭފަތަކުން އެއްކުރުމަށްފަހު ކުރިން ތައްޔާރުކުރި ޓްރޭއަށް ހުސްކުރާށެވެ. ޓްރޭގެ މައްޗަށް ބާކީ ހުރި ޗިޕްސް ބުރުވާލާށެވެ. ދެން އަވަނަށް ލައިގެން ގަޑިއެއް ހާ އިރު ފިހާށެވެ. ފިހެވުމުން އވަނުން ނަގައި ދިހަ ވަރަކަށް މިނެޓު ބެހެއްޓުމަށްފަހު ޓްރޭއިން ތަށްޓަކަށް ހުސްކުރާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.