އާފަތިސް ބަދިގެ: އާފަލު ޓާރޓް

ޕޭސްޓްރީއަށް ބޭނުންވާނެ ބާވަތްތައް:

320 ގުރާމު ފުށް

225 ގުރާމު ބަޓަރު

110 ގުރާމު އައިސިންގ ޝުގަރ

3 ބިހުގެ ގޮބޮޅި

ފިލިންގ އަށް ބޭނުންވާނެ ބާވަތްތައް:

6 އާފަލު، ކޮށާފައި

¼ ލުނބޯ

110 ގުރާމު ހަކުރު

110 ގުރާމު ބަޓަރު

ތައްޔާރުކުރާނެ ގޮތް:

250 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ.

ޕޭސްޓްރީ ތައްޔާރުކުރުމަށް ފުށާއި ބަޓަރާއި އައިސިން ޝުގަރ އެއްކުރާށެވެ. ދެން ބިހުގެ ގޮބޮޅި އެއްކޮށް ފުށްގަނޑު މޮޑޭށެވެ.

ފުށްގަނޑު ދެބަޔަށް ބަހައިލުމަށްފަހު ގަޑިއެއްހައި އިރު އައިސް އަލަމާރީގައި ބާއްވާށެވެ.

ފިލިންގ ތައްޔާރުކުރުމަށް ކޮންމެ އާފަލަކުން 8 ނުވަތަ 12 ފޮތި ނަގާށެވެ. އޭގެ މައްޗަށް ލުނބޯ ހުތް ފެލައިލާށެވެ. ދެން ތެއްޔެއްގައި 85 ގުރާމު ހަކުރު ވިރުވާށެވެ. ހަކުރު ކެރެމަލައިޒް ވުމުން އުނދުންމަތިން ބޭލުމަށްފަހު އޭގެ މަތީގައި އާފަލު ފަށަލައެއް އަތުރާށެވެ. ދެން 10 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ.

އަވަނުން ނެގުމަށްފަހު ބާކީ ހުރި ހަކުރާއި ބަޓަރު އޭގެ މައްޗަށް އަޅާށެވެ. ދެން އައިސް އަލަމާރިން ޕޭސްޓްރީ ނަގައި އާފަލުގެ މައްޗަށް އެއް އިންޗީގެ ބޯމިން ހުންނަ ވަރަށް ޕޭސްޓްރީ ގާނާށެވެ. އެއަށްފަހު އަނބުރައި އަވަނަށް ލާށެވެ. އަދި 20 ވަރަކަށް މިނެޓު ވުމުން އަވަނުން ނަގާށެވެ. ދެން އިރުކޮޅަކު ބެހެއްޓުމަށްފަހު ތަށްޓަކަށް ނަގާށެވެ. އަދި ޑަބަލް ކްރީމާއެކު ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.