ގަބުރު
ޤައުމަށްޓަކައި ޝަހީދު ވެގެން ދިޔަ މީހެއްގެ މަހާނަގަލުގައި ލިޔެފައި އޮތެވެ.
"އަލްމަރްޙޫމް އިބްރާހީމް ރަޝީދު.
ޤައުމު ދެކެ ލޯބިވާ ދިވެހިދަރިއެއް.
ވަފާތެރި، ތެދުވެރި މުސްލިމެއް."
މި ލިޔުންކޮޅު ކިޔާލާފައި މީހަކު ބުނެލިއެވެ.
"މިއޮތީ ފަހު ޒަމާނަށް އަޅައިގެންފައި- މިހާރު އެއް ވަޅުގައި ތިން މީހުން ވަޅުލާންވެސް ފެށީތަ-؟"
ބުއްދިވެރީ ކާކު؟
ދިވެއްސަކާއި، ޖަޕާނު މީހަކާއި، އިނގިރޭސިއަކާ ތިން މީހުން ސަހަރާއެއްގެ ތެރޭގައި ކާރު ދުއްވާފައި ދަނިކޮށް މަގު އޮޅިއްޖެ އެވެ. ދާނެ ތަނެއް ނޭނގި ދުއްވަމުން ދަނިކޮށް އެންމެ ފަހުން ކާރު ހުއްޓުނީއެވެ. އެ މީހުންގެ އަތަކު ދަބަހެއް، ފޮށްޓެއް ކަހަލަ އެއްޗެއް ނެތެވެ. އެހެންވީމާ ތިން މީހުން ހިނގާފައި ދާން ގަސްތު ކޮށްފައި ކަނޑައެޅީ ކޮންމެ މީހަކުވެސް ކާރުގެ ކޮންމެވެސް ބައެއް ނައްޓާލައިގެން ނަމަވެސް ގެންދާށެވެ.
ޖަޕާނުމީހާ ނެގީ ކާރުގެ ރޭޑިއޭޓަރެވެ. އިނގިރޭސި މީހާ ނެގީ ކާރުގެ ގޮނޑިއެކެވެ. ދިވެހިމީހާ ނެގީ އެއް ދޮރުފަތެވެ.
ތަންކޮޅަކަށް ގޮސްފައި ޖަޕާނުމީހާ އިނގިރޭސިމީހާއާ ސުވާލު ކޮށްލިއެވެ.
"ރޭޑިއޭޓަރު ނެގީމާ އަހަރެން މި ހުންނަނީ ޙައިރާން ވެފައި- އެއީ ކީއްވެގެން ކުރި ކަމެއް-؟"
ޖަޕާނުމީހާ ބުންޏެވެ.
"އެއީ ދަތުރު ކުރަމުން ދަނިކޮށް ފެން ބޮވައިގެންފިއްޔާ، ރޭޑިއޭޓަރުގައި ހުރި ފެން ބޯން ވެގެން-"
ދިވެހިމީހާ އިނގިރޭސިމީހާ ކުރެން އަހައިލިއެވެ.
"ކަލޭ ކާރުގެ ގޮނޑި ނެގީ ކީއްކުރަން-؟"
އިނގިރޭސިމީހާ ބުނެލިއެވެ.
"އެއީ ދަތުރު ކުރަމުން ގޮސް ވަރުބަލި ވެއްޖެއްޔާ އިށީންނަން ވެގެން- ވެލިގަނޑުގެ މަތީގައި ނީށީނދެ، މި ކަހަލަ އަރާމު ގޮނޑިއެއްގައި އިށީނީމާ ރަނގަޅު ވާނެއެއްނު-؟"
އެންމެ ފަހުން ޖަޕާނު މީހާ ދިވެހިމީހާ އާ ސުވާލު ކޮށްލިއެވެ.
"ކަލޭ ކާރުގެ ދޮރުފަތް ނެގީ ކީއްކުރަން-?؟"
ދިވެހިމީހާ ބުނެލިއެވެ.
"އެއީ މާ ބޮޑަށް ހޫނު ވެއްޖެއްޔާ ބިއްލޫރިގަނޑު ތިރިކޮށްލަން ވެގެން-"