އާފަތިސް ރޯދަ ބަދިގެ: މޯލްޓަން ޗޮކްލެޓް ލާވާ ކޭކު

ބޭނުންވާނެ ބާވަތްތައް:

8 މޭޒުމަތީ ސަމުސާ ބަޓަރު،

6 އައުންސް ޗޮކްލެޓު ޗިޕްސް

2 ކުކުޅު ބިސް

2 ކުކުޅު ބިހުގެ ގޮބޮޅި

¼ ޖޯޑުހަކުރު

¼ ސައިސަމުސާ ވެނީލާ އެސެންސް

3 މޭޒުމަތީ ސަމުސާ ފުށް

ތައްޔާރުކުރާނެ ގޮތް:

8 އައުންސުގެ ރޭމްކިންސް، ނުވަތަ ކުދި ތަށި، ބަޓަރާއި ފުއް އުނގުޅާފައި ބަހައްޓާށެވެ.

ދެން އުނދުން މައްޗަަށް ފެން ކައްކަން އުދާފައި ތެލީގެ މަތީގައި މިކްިސން ބޯލް އެއް ބަހައްޓައި ޗޮކްލެޓާއި ބަޓަރު ވިރުވައި، އެއްކުރާށެވެ. މިކްސިން ބޯލް ބަހައްޓާނީ ފެނުގައި ނުޖެހޭ ވަރަށެވެ.

އެއަށްފަހު މިކްސަރަކުން ބިހާއި، ގޮބޮޅި އަދި ހަކުރު ގިރާށެވެ. މަޑުމަޑު ރީނދޫކުލައެއް އަރަންދެން ގިރާށެވެ.

ދެން ކުރިން ވިރުވާފައި ހުރި ޗޮކްލެޓު ހޫނުކޮށް ހުއްޓާ ބިހާއި އެއްކުރާށެވެ. އެއްކުރާނީ ވެނީލާ އެސެންސު އަޅައިގެންނެވެ. ބިހާއި ޗޮކްލެޓު ރަނގަޅަށް އެކުވުމުން މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ފުށް އެއްކުރާށެވެ.

ކޭކު ފުށްގަނޑު ހަތަރު ބައިކޮށްފައި ކޮންމެ ބައެއް ރެމިކްން އަށް އަޅާށެވެ. އަދި އަވަން ހޫނުކުރުމަށްފަހު ދިހައެއް ނުވަތަ ފަނަރަ މިނެޓު ވަންދެން ފިހޭށެވެ. ފިހޭންވާނީ ކޭކުގެ ބޭރު ރަނގަޅަށް ރޯފިލައި ހަރުކޮށް ހުންނަ ވަރަށް އަދި މެދު މަޑުކޮށް ހުންނަ ވަރަށެވެ.

އެއް މިނެޓު ވަރު ބަހައްޓައި ހިހީ ކުރުމަށްފަހު ތަށްޓަކަށް ފުށުން ޖަހާށެވެ. އަދި މައްޗަށް އައިސިން ޝުގަރ ކޮޅެއް ފުރޭނުމަށްފަހު ވަގުތުން ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.