ބޭނުންވާނެ ބާވަތްތައް:
1 ބަޓަރނަޓް
1 ¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ތަކޫވައް
1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް
1 ފިޔާ (ބޮޑު)
½ ސައިސަމުސާ އަސޭމިރުސް
1/2 ސައިސަމުސާ ތައިމް
1 2/3 ޖޯޑު ރިކޮޓާ ޗީޒް
1 ކުކުޅު ބިސް
1 ދަޅު ޓޯމާޓޯ ޕޫރީ
3 މޭޒުމަތީ ސަމުސާ ބޭސިލް
9 ލަޒާނިޔާ ޝީޓް
2 ޖޯޑު ޝެޑަރ ޗީޒް
3 މޭޒުމަތީ ސަމުސާ ޕާމެސާން ޗީޒް
ތައްޔާރުކުރާނެ ގޮތް:
250 ޑިގްރީއަށް އަވަން ހޫނުކުރާށެވެ. ލަޒާނިޔާ ޓްރޭއެއްގައި ފޮއިލް ނުވަތަ ތެޔޮ ކަރުދާސް އަޅާށެވެ.
ބަޓާނާ ދެފަޅިކޮށް އޮށް ނަގައި ސާފުކުރުމަށްފަހު 45 މިނެޓު ނުވަތަ 1 ގަޑިއިރު ވަންދެން އަވަނުގައި ރޯސްޓު ކުރާށެވެ.
ރޯސްޓު ކުރެވުމުން ސަމުސަލަކުން އެތެރެ ނަގައި، ބައި ސައިސަމުސާ ލޮނާއި ތަކޫވަކާ އެކު ފުޑް ޕްރޮސެސަރެއް ނުވަތަ މިކްސަރެއްގައި އެއްކުރާށެވެ.
ދެން ތަވައެއްގައި ތެޔޮ ފޮދު ހޫނުކުރުމަށްފަހު ފިޔާ މީރު ކުރާށެވެ. ފިޔާ މީރުކުރާއިރު އޭގެތެރެއަށް ¼ ސައިސަމުސާ ލޮނު، ¼ ސައިސަމުސާ އަސޭ މިރުސް އެއްކުރާށެވެ. އުނދުން މަތިން ނަގައި ތައިމް އަޅާށެވެ.
ރިކޮޓާ އާއި ބިސް އަދި ޓޯމާޓޯ، ބޭސިލް، ލޮނު އަދި އަސޭމިރުސް އެއްކުރާށެވެ.
ލަޒާނިޔާ ޓްރޭއަށް ތެޔޮ ފޮދެއް ސްޕްރޭ ކުރުމަށްފަހު ބައިޖޯޑު ޓޯމާޓޯ ޕޫރީ ޓްރޭއަށް އަޅައި ސަމުސަލަކުން ފަތުރައިލާށެވެ. އޭގެ މަތީގައި ލަޒާނިޔާ ޝީޓެއް ބޭއްވުމަށްފަހު ބްލެންޑަރުގައި ހުރި ބަޓަރނަޓްގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އޭގެ މައްޗަށް މީރުކުރި ފިޔާގެ ދެބައިކުޅަ އެއްބަޔާއި ރިކޮޓާގެ ދެބައިކުޅަ އެއްބައި އަޅާށެވެ. މި ފަށަލައިގެ މައްޗަށް 1 ޖޯޑު ޓޯމާޓޯ ޕޫރީ އާއި ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ޝެޑަރ ޗީޒް އަޅާށެވެ. އޭގެ މަތިން ބާކީ އޮތް ލަޒާނިޔާ 3 ޝީޓު ބާއްވާށެވެ. އަދި ބާކީ ހުރި ޓޮމާޓޯ އެ ޝީޓުގެ މައްޗަށް އަޅާށެވެ. ޓްރޭގެ މަތީގައި ފޮއިލް އަޅައި ބަންދުކުރާށެވެ.
ދެން އަވަނުގައި 45 މިނެޓު ވަންދެން ފިހޭށެވެ. އެއަށްފަހު ޓްރޭގެ މަތީގައި އަޅާފައިވާ ފޮއިލް ނަގައި ބާކީ ހުރި ޝެޑަރ ޗީޒާއި ޕާމެސަން ޗީޒު، އަޅާށެވެ. އިތު 7 މިނެޓު ނުވަތަ 10 މިނެޓު ފިހޭށެވެ. އަވަނުން ނަގައި 15 ވަރަކަށޤ މިނެޓު ބެހެޓުމަށްފަހު ކާން ނަގާށެވެ.