ކޯވިޑް-19 ޖެހުނު އަދަދު ހާހުން މައްޗަށް - މާލެ ސަރަހައްދުން 575

ރާއްޖޭގައި ކޯވިޑް ޖެހޭ އަދަދު މަޑުމަޑުން އިތުރު ވަމުން ގޮސް މިއަދު ބަލި ޖެހުނު އަދަދު ހާހަކަށްވުރެ ގިނަ ވެއްޖެއެވެ. މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވް ވެފައިވާ އަދަދަކީ 1209 އެކެވެ. މީގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވް ވީ އަދަދަކީ 575 އެވެ.  މީގެ އިތުރަށް މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވީ 408 މީހުންނެވެ. ރިސޯޓޮތަކުން ޕޮޒިޓިވްވީ 155 މީހުންނެވެ. ބާކީ 4 މީހުންނަކީ ކަނޑު އުޅަނދުފަހަރުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

ރާއްޖެއިން އޕމިކްރޯން ވޭރިއަންޓް ފެނި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މީގެ ކުރިން ބަލި ޖެހުނު މީހުން އިތުރުވި މިންވަރަށްވުރެ މާ ބޮޑުތަން މި ފަހަރު އިތުރު ވެގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.