އަމާންކަމާއި  އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މިނިވަން ނޫސްވެރިކަމުގެ ބޭނުން ބޮޑު: ސީޕީ ޙަމީދު

ކުރިއަށް އޮތްތަނުގައި ވެސް މުޖުމަޢުގެ އަމާންކަމާއި ހަމަހަމަކަމާއި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މިނިވަން ނޫސްވެރިކަމުގެ ބޭނުން ބޮޑުކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

 ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މީޑިއާ ގްރޫޕްގައި އާއްމު ކޮފައިވާ ސީޕީގެ މެސެޖަގައި، އިތުބާރުހުރި ތެދު އަދި ބޭނުންތެރި ޚަބަރުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދެއްވުމުގައި ނޫސްވެރިން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި އެފަދަ ނޫސްވެރިންނަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މިޑީއާތަކާއެކު ފުލުހުންނަށް ރަނގަޅު ގުޅުމެއް ޤާއިމް ކުރެވިފައިވާ ކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާހަގަ ކުރައްވައިފައެވެ. ހިތްވަރުގަދަ ކެތްތެރި ނޫސްވެރިން ޤައުމަށް ކޮށްދެވަމުން ދަނީ ފާހަގަކޮށްލެވޭ ޚިދުމަތެއްކަމަށް އިޙްލާސްތެރިކަމާއި އިޙްތިރާމާއެކު ބަލައި ގަންނަކަމަށް ވެސް ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ދެމެހެއްޓުމުގައި ފުލުހުން މީޑީއާ ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވެސް ސީޕީގެ މެސެޖްގައި ވަނީ ދެއްވައިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ ތިންވަނަ ދުވަހެވެ. މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ކަނޑައަޅައިފައިވާ ޝިޢާރަކީ "ނޫސްވެރިކަމުގެ މިނިވަންކަން ބިރެއްނެތި އަދި ފައިދާއެއް ނެތި" އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.