މާލޭގެ މަގެއްގެ މައްޗަށް ހޭނެތިގެން ވެއްޓިފައި އޮތް އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފި 

މާލޭގެ މަގެއްގެ މައްޗަށް ހޭނެތިގެން ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފިއެވެ. 

ޗަމްޕާ މަގަށް އަންހެނަކު ވެއްޓިފައި އޮތް ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ މެންދަމުން އަލިވެ 3:30 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އެވަގުތު އެމްބިއުލާސް ބިޒީވުމުން ފުލުހުން އެސަރަޙައްދަށް ގޮސް ވެއްޓިފައިވާ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ ވެހިކަލްގައެވެ. އެމީހާ ހޭ އެރީ ފަތިހު 4:30 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ އަންހެން މީހާ އަކީ ޢުމުރުން 18 އަހަރުގެ ދިވެއްސެކެވެ. އެ ހާދިސާ އާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޚަބަރު: މޯލްޑިވްސް ޕޮލިސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.