ގއ. ނިލަންދޫ ސްކޫލްގެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތައް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތައް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ނިލަންދޫ ސްކޫލުން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށްބުނެ ބުރާސްފަތި ދުވަހު ހެނދުނު 07:15 ހާއިރު ގއ. ނިލަންދޫ ޕޮލިސް ޑެސްކަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ 199،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާއިރު މިފައިސާތައް ފެނިފައިވަނީ ގއ. ނިލަންދޫ ވަލުތެރޭގައި ހުރި މަގޫގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.