ރާއްޖެއިން ކޮވިޑް ގައި މަރުވި ފުރަތަމަ މީހާގެ ފިރިމީހާ އޮތީ އައިސީޔޫގައި

ރާއްޖެއިން ކޮވިޑް ގައި މަރުވި ފުރަތަމަ މީހާގެ ފިރިމީހާ ވެސް ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އެންއީއޯސީ އިން މިރޭ ވިދާޅުވެއްޖެއެވެ. އެމީހާޔާއިއެކު ދަރުމަވަންތައިގެ އައިސީޔޫގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ ހައެކެވެ.

ދަރުމަވަންތައިގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބިދޭސީއެކެވެ. ފަރުވާ ދެމުންދާ ބިދޭސީ މީހާއަކީ ޕާކީންތާނު ރައްޔިތެކެވެ. ދެ މީހެއްގެ އޮކްސިޖަން ލެވެލް ދަށްވެ އޮކްސިޖަންދޭން ޖެހުން ފިޔަވައި އިތުރު މައްސަލައެއް އައިސީޔޫގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންނަށް މިއަދު ދިމާ ނުވާކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ. އަސީޔޫގައި ފަރުވާ ދެމުންދަނީ ފަސް ފިރިހެނުންނާއި އެންމެ އަންހެނަކަށެވެ. ދަރުމަވަންތައިގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އޮކްސިޖަންދަށްވެ އިތުރަށް އޮކްސިޖަން ދޭން ޖެހުނު ދެމީހުންގެ  ތެރެއިން އެކަކީ މަރުވި އަންހެން މީހާގެ ފިރިމީހާއެވެ.

ރާއްޖެއިން ކޮވިޑް ގައި މަރުވި ފުރަތަމަ މިހަކީ ޢުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ކޮންޓެކްޓްޓްރޭސިންގައި ފާހަގަކުރެވި ސާމްޕަލްނަގައިފައި ވަނިކޮށެވެ. އެ މީހާ މަރުވުމުގެ މައްސަލައިގައި އެއްވެސް އިހުމާލެއް އޮތްތޯ ހެލްތް މިނިސްޓްރީން މިހާރު ވަނީ ބައްލަވަން ފަށްޓަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.