ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދު 59 ގައި

މިއަދުގެ އިރުއޮއްސި ހަޔަކާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދު ހުރީ 59 ގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، ކޯވިޑް- 19 އަށް ޕޮޒިޓިވްވި، މިއަދުގެ ޢަދަދުގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ފަސް މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިހާރު އަތޮޅުތަކުގެ 22 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 41 އެވެ. މިވަގުތު 23 ރިސޯޓެއްގައި 11 ޓޫރިސްޓަކާއި 24 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 10157 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 8950 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1166 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 82 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 612 މީހުންނެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދަކީ 1583 އެވެ. ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 34  އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.